ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ (ގަޕޯ) ޕީއެންސީ އަށް ސޮއިކުރި ކަމަށް ބުނެ ދައުރުވަމުން އަންނަ ފޮޓޯގެ ހަގީގަތް އެ ފޮޓޯގައި ގަޕޯއާއެކު އިންނެވި ނޮޅިވަރަމް ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) ހާމަ ކުރައްވައިފިއެވެ.
އެ ފޮޓޯއާ ގުޅިގެން ބައެއް އޮންލައިން މީޑިއާތަކުގައި ވަނީ ގަޕޯ އެމްޑީޕީ ދޫކޮށް، ޕީއެންސީއާ ގުޅިވަޑައިގެންފި ކަމަށް ބުނެ ރިޕޯޓު ކުރަމުންނެވެ. އެ ވާހަކަތަކުގެ ހަގީގަތް ހޯދާލުމަށް މޮސްޓާއާ ގުޅާލުމުން އޭނާ ފުރަތަމަ ވެސް ވިދާޅުވީ "އެއީ ދޮގެއް ބުހުތާނު ދޮގެއް، އަޅުގަނޑެއް ވެސް ގަފޫރެއް ވެސް ސޮއި ނުކުރޭ" ކަމަށެވެ.
މޮސްޓާ ވިދާޅުވީ އެ ދެބޭފުޅުން ކެފޭއެއްގައި ކޮފީ ބޯން ތިއްބަވަނިކޮށް އެމްޑީޕީގެ އެކްޓިވިސްޓުންތަކެއް ފޯމުތަކެއް ހިފައިގެން އައިސް އެ ފޯމުގައި ހެކިވެރިޔަކަށް ސޮއި ކޮށްލުމަށް އެދުމުން ގަޕޯ އެ ފޯމުގައި ސޮއި ކުރެއްވި ކަމަށެވެ.
"ދެން އެކަހަލަ ކަމެއް ކޮފީ މޭޒު މައްޗެއްގެ މަތިން ނިންމައެއް ވެސް ނުލާނެ ދެއްތޯ. މި ދައްކަނީ ގަޕޯގެ ވާހަކައޭ. އެއީ މިވަގުތު އެމްޑީޕީގައި ތިއްބެވި މެންބަރުންގެ ތެރެއިން އެންމެ ވަރުގަދަ މެންބަރުން. ހަމަ އެއްވެސް ހަގީގަތެއް ހުރި ވާހަކައެއް ނޫން. ވަރަށް ހިތާމަހުރި އަދި ދަށު ދަރަޖައިގެ އަމަލެއް އެއީ،" މޮސްޓާ ވިދާޅުވިއެވެ.
ހަނިމާދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބުދުލް ޤަފޫރުމޫސާ އެމްޑީޕީން ވަކިވެ ޕީއެންސީ އަށް ސޮއިކުރި ކަމަށް ދެކެވޭ ވާހަކައަކީ ދޮގު ވާހަކައެއް ކަމަަށް އެމްޑީޕީން ވެސް ވަނީ ބުނެފައެވެ.
އުރީދޫގެ ހިދުމަތްތަކަށް ބުރޫ އަރައިފި
ކުރީގެ ރައީސުން މުޒާހަރާ ކުރަން ނިކުންނައިރު ސެކިއުރިޓީ ކަނޑާލަނީ
މަޝްރޫއު އަވަސްކުރަން ޚާއްސަ ޔުނިޓު އުފެއްދުމަކީ ސަރުކާރު ފެއިލްވުން
ސިނގިރޭޓުގެ އަގު ހެޔޮކުރާ ބިލު މުޅި މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި
މަޝްރޫއުތައް ނިންމަން މިނިސްޓްރީތަކުގައި ހާއްސަ ޔުނިޓެއް
އިންޑަސް ކޭޗްމަންޓް ސަރަޙައްދުގެ ފެނުގެ ބަހުސް އަލުން ވަޒަންކުރުން
ރާއްޖޭގެވެރިކަންވެސް ބަދަލުކޮށްލީ ދޮގުފަތުރައިގެން އެފަދަ ދޮގުފަތުރާމިހުންގެ ދޫލާއި ދެ ލޯ ކަނު ކުރައްވާފާންދޭ އާމީން
ހާލި