ޕީއެންސީގެ ރައީސް ކަމަށް އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ހަމަޖައްސައިފިއެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރައްވަންދެން މުއިއްޒު އާއި އެމަނިކުފާނުގެ ރަނިންމޭޓް ހުސެއިން މުހައްމަދު ލަތީފް ތިއްބެވީ ޕީޕީއެމްގައެވެ. ނަމަވެސް އިންތިހާބުގައި ވާދަކުރައްވަން ދެ ބޭފުޅުންވެސް ޕީއެންސީއާ ގުޅިވަޑައިގެންނެވިއެވެ.
މިރޭ ކުރިއަށް ދިޔަ ޕީއެންސީގެ ކައުންސިލްގެ ބައްދަލުވުމުގައި ނިންމާފައިވަނީ އެ ޕާޓީގެ ރައީސަކަށް މުއިއްޒު އަދި ނައިބު ރައީސަކަށް ރަނިންމޭޓް ހުސައިން ހަމަޖެއްސުމަށެވެ. ޕާޓީގެ ރައީސަކަށް ހުންނެވި އަބްދުއްރަހީމް (އަދުރޭ) އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ހަމަޖެއްސުމަށް ވެސް ޖަލްސާގައި ވަނީ ނިންމައިފައެވެ.
އެގޮތަށް ނިންމީ ކައުންސިލް ބައްދަލުވުމަށް ހާޒިރުވި 40 މެމްބަރުންގެ އިއްތިފާގުންނެވެ.
ޕީއެންސީގެ ޓިކެޓްގައި މުއިއްޒު އިންތިހާބުގައި ވާދަކުރެއްވީ ޕީޕީއެމްގެ ޓިކެޓްގައި ކުރީގެ ރައީސް ޔާމީން އިންތިހާބުގައި ވާދަކުރައްވަން އޮއްވައެވެ.
ނަމަވެސް ޔާމީންގެ ކެންޑިޑޭސީ ބަލައިނުގަންނަން އިލެކްޝަން ކޮމިޝަނުން ނިންމި ނިންމުމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާއި ގުޅިގެން އެމަނިކުފާނަށް ވާދަކުރުމުގެ ފުުރުސަތު ގެއްލުނެވެ.
ޔާމީނަށް އިންތިހާބުގައި ވާދަނުކުރެއްވުނީ އެމަނިކުފާނުގެ މައްޗަށް އެމްއެމްޕީއާރްސީގެ މައްސަލާގައި ޖަލު ހުކުމެއް އޮތުމުންނެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކުރައްވާ ރާއްޖޭގެ 8ވަނަ ރައީސުލްޖުމްހޫރިއްޔާ ކަމަށް މުއިއްޒު ވަނީ އިންތިހާބުވެވަޑައިގެންފައެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް