އެމަނިކުފާނު ނުން އެހެނެް ކެންޑިޑޭޓަކަށް ވޯޓު ދީފިނަމަ ރާއްޖެ ކަރުނަ އަޅާ ރޯން ޖެހިދާނެ ކަމަށް އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު ވިދާޅުވީ ފާއިތުވި 20 ވަރަކަށް ދުވަހުގެ ތެރޭގައި ގިނަ ބަޔަކާއި ބައްދަލުކޮށްފައިވާ ކަމަށާއި، އޭގެ ތެރޭގައި ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި ސިއްހީ ދާއިރާގައި ހިމެނޭ ފަރާތްތަކާއި، މަސްވެރިންނާއި ފަތުރުވެރިކަމުގެ ސިނާއަތުގައި ހިމެނޭ ފަރާތްތަކުން އަދި އެއާޕޯޓާއި ކަސްޓަމުގެ އިތުރުން އެތައް ބަޔަކައި ބައްދަލުކޮށް އެ މީހުންގެ ހުރި ކަންބޮޑުވުންތައް އަޑު އައްސަވާފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ އެހުރިހާ ފަރާތްތަކުގެ އިހުސާސްތައް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށާއި ފާއިތުވި ދުވަސްތަކުގައި އެ ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކުން ބޭނުންވި ބައެއް ބަދަލުތައް ގެނެސްފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ދާއިމީ ހައްލެއް ހޯދުމަށް ސިޔާސަތުތައް ކަނޑައަޅާ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެއަށް ފަހު އެމަނިކުފާނު ވިދާޅުވީ މާދަމާގެ ވޯޓަކީ އެ ހުރިހާކަމާއިކައި ގުޅިފައިވާ ކަމެއް ކަމަށާއި ކުރިމަތީގައި އޮތް ސުވާލަކީ ރައްޔިތުން ބޭނުންވަނީ އަނިޔާވެރިކަމާއި ހަލަބޮލިކަމުގެ ތެރެއަށް ދިޔުންތޯ ނުވަތަ ނޫންތޯ ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ