މާދާމަ ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ނިންމާ ނިންމުމަކީ ރާއްޖެ އަނބުރާ އަނިޔާވެރިކަމުގެ ތެރެއަށް ދާނީތޯ ނުވަތަ ނޫންތޯ ނިންމާ ނިންމުން ކަމަށް ވިދާޅުވެ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންނަށް ސުވާލު ކުރައްވައިފިއެވެ.
އިންތިހާބުގެ ކުރިން ރާއްޖެޓީވީ އަށް މިއަދު ދެއްވި "ފަހު ބަސް" ގައި ރައީސް ވިދާޅުވީ ފާއިތުވި ފަސް އަހަރުގެ ތެރޭގައި ރާއްޖެއަށް ހެޔޮ އަދި ރަނގަޅު ބަދަލުތަކެއް ގެނެސްދެވިފައިވާ ކަމަށާއި މީގެ ކުރިން ރާއްޖޭގައި އޮތް ބިރުވެރިކަމާއި ނާމާންކަން ނައްތާލެވިފައިވާ ކަމަށެވެ.
ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގި ތަފާތުކުރުމެއް ނެތި ހުރިހާ ރަށަކަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ކާމިޔާބީތަކެއް ހާސިލުކުރެވިފައިވާ ކަމަށާއި އަދި ހަމަޖެހުން ރާއްޖެއަށް ގެނެސްދެވިފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުންނަމަ އެ ކަންތައްތައް ހާސިލުކުރެވުނީ ގިނަ ބައެއްގެ ބުރަ މަސައްކަތުންނެވެ. ކުރިމަތީގައި އޮތީ ރާއްޖޭގެ މުސްތަގުބަލާ މެދު ގޮތެއް ނިންމުން ކަމަށާއި މި ދައުރުގެ ތެރޭގައި ވަކި ދާއިރާއެއް ބާކީނުކޮށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެެ.
އޭގެ ތެރޭގައި މަސްވެރިކަމާއި ދަނޑުވެރިކަމާއި، ޓީޗަރުންނާއި ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި އަދި އެހެނިހެން ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި ނަމަވެސް އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ ރާއްޖޭގައި ހަމަޖެހުން ގާއިމްކުރުމެވެ.
"މިއަދު އަނެއްކާވެސް އަޅުގަނޑުމެން ނިންމަން ޖެހިފައި މިއޮތީ މި ރާއްޖެ އަނެއްކާވެސް އެނބުރި ހަމަނުޖެހުމާއި ބިރުވެރިކަމަށް ދާނީތޯ ނޫނިއްޔާ އަޅުގަނޑުމެންގެ އެތައް ބައެއްގެ ގުރުބާނީ މި ރާއްޖެއަށް ގެނެވުނު އިސްލާހީ ބަދަލުތަކާއެކު ޒުވާނުންނަށް މި ރާއްޖެ ފޯރުކޮށްދެވުނީތޯ ނިންމަން އޮތް ނިންމުން" ރައީސް އެދިވަޑައިގެންނެވީ ރާއްޖެއަށް ގެނައި އިސްލާހި ހެޔޮ ބަދަލާއެކީގައި ކުރިއަށް ދިޔުމަށް ވޯޓު ދިނުމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ
ތިޔަ ބިރުވެރިކަން އަހަރެމެންނަށް މާބިރުވެރި!
ހާއުފާ