ރާއްޖެއިން ޢުމްރާއަށް މީހުން ގެންދިޔުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމަށް ހުޅުވާލައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އެ ފުރުސަތު ހުޅުވާލާފައިވަނީ އޮކްޓޫބަރު މަހުގެ 24 ގެ ނިޔަލަށް ކަމަށެވެ.
ރާއްޖެއިން މީހުން ޢުމްރާއަށް ގެންދިޔުމާބެހޭ އުސޫލުގެ ނުވަ ވަނަ މާއްދާގެ ރ ގައި، އުމްރާއަށް މީހުން ގެންދިޔުމަށް ކޮންމެ މީލާދީ އަހަރަކު ދެ ފަހަރު އިއުލާންކުރަން ވާނެކަމަށް ބަޔާންކޮށްފައިވެއެވެ. އެގޮތުން މިއީ މިއަހަރުތެރޭ އިޢުލާންކުރެވޭ ދެ ވަނަ ފަހަރެވެ.
އެ އުސޫލުގެ 9 ވަނަ މާއްދާގައި ރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ، އުމްރާއަށް މީހުން ގެންދިޔުމަށް ހުށަހަޅާ ކުންފުނިތަކުގެ ތެރެއިން ޝަރުތު ހަމަވާ ކުންފުނިތަކަށް ދެވޭނެކަމަށް ބަޔާންކޮށްފައިވާއިރު، ހުއްދައަށް ހުޅުވާލުމާއެކު މިހާރު ހުއްދައިގެ މުއްދަތު ހަމަވެފައިވާ ކުންފުނިތަކާއި، ނޮވެމްބަރު މަހަށް މުއްދަތު ހަމަވާ ކުންފުނިތަކަށް ހުއްދައަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. ޝަރުތު ހަަމަވާ ކުންފުނިތަކަށް ހުއްދަދެވޭނީ ދެ އަހަރުދުވަހަށެވެ.
ޢުމްރާއަށް މީހުންގެ ގެންދިއުމުގެ ހުއްދައަށް އެެދި ހުށަހަޅަންޖެހޭ ޕްރޮޕޯޒަލް ފޮތް މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެއެވެ.
ޕްރޮޕޯޒަލް ބަލައިގަތުން ހަމަޖެހިފައިވަނީ 08 އޮކްޓޯބަރު ވާ އަންގާރަދުވަހުން ފެށިގެން 24 އޮކްޓޯބަރުގެ ނިޔަލަށް މިނިސްޓްރީގެ ކައުންޓަރުންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ
ބޯކޮށް ވާރޭވެހި ކޮލަމާފުށި ފެނު އަޑީގައި