ފޮނަދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު މޫސާ ސިރާޖު ޕީޕީއެމްއާ ގުޅިވަޑައިގެންފިއެވެ.
ސިރާޖު ޕީޕީއެމް އަށް ސޮއި ކުރެއްވީ މިރޭ ލ.ގަމުގައި ބޭއްވި، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިން ޖަލްސާގައެވެ.
ސިރާޖު ސޮއިކުރި ފޯމާއި ހަވާލުވެވަޑައިގަތީ ޕީޕީއެމް/ޕީއެންސީ ވަގުތީ ގޮތުން ލީޑު ކުރައްވާ އަބްދުއްރަހީމް (އަދުރޭ) އަދި މުއިއްޒެވެ.
މިއާއެކު މަޖިލީހުގައި މި ދެޕާޓީ ތަމްސީލް ކުރާ މެންބަރުންގެ އަދަދު ވަނީ 8 އަށް އަރައިފައެވެ.
މަޖިލީހަށް ސިރާޖު އިންތިހާބުވެވަޑައިގަތީ އެމްޑީޕީގެ ޓިކެޓުގައެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ސިރާޖު ހުންނެވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފަހަތްޕުޅުގައެވެ.
ނަމަވެސް ސަރުކާރާއި މެދު ހިޔާލު ތަފާތުވެ އޭނާ އެމްޑީޕީން ވަކިވިއެވެ. އަދި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ސިރާޖު ތާއީދު ކުރެއްވީ ވެސް މުއިއްޒަށެވެ.
މިއީ 19ވަނަ މަޖިލީހަށް އެމްޑީޕީގެ ޓިކެޓުގައި އިންތިހާބުވި މެންބަރަކު ޕީޕީއެމް/ޕީއެންސީއާ ގުޅިވަޑައިގެން ފުރަތަމަ ފަހަރެވެ. ޑރ. މުއިއްޒުގެ ރަނިންމޭޓު އަދި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފަކީ ވެސް ޖޭޕީގެ ޓިކެޓުގައި އިންތިހާބުވި މެންބަރަކަށްވީ ނަމަވެސް ފަހުން އެމަނިކުފާނު ވެސް ޕީޕީއެމް އަށް ވަނީ ސޮއި ކުރައްވައިފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ