ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ފެންނަ ނުފެންނަ ވޯޓު ނަގާއިރު ރައްޔިތުން ގާތު އަހަންވި ސުވާލު ސާފުކޮށްދޭން އިލެކްޝަން ކޮމިޝަން (އީސީ) އިން ރައްޔިތުންގެ މަޖިލީހުގައި އެދިއްޖެއެވެ.
ނިޒާމީ ވޯޓެއް ނެގުމަށް ގޮވާލައި، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު، ހުށަހަޅާފައިވާ ގަރާރު 35 މެންބަރުންގެ ވޯޓުން މަޖިލީހުން ވަނީ ފާސްކޮށްފައެވެ. ނިޒާމީ ވޯޓު ނެގުމަށް އީސީ ގައި މަޖިލީހުން ދެންނެވުމަށް ގަރާރަށް ވަނީ ބަދަލު ގެނެސްފައެވެ. މަޖިލީހުން އެ ގަރާރު ފާސްކުރީ އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ މެމްބަރުންގެ ވޯޓުންނެވެ.
އީސީން މިއަދު ބޭއްވި ބައްދަލުވުމުގައި ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ މަޖިލީހުން ފޮނުވި ގަރާރާ ގުޅޭ ގޮތުން ގާނޫނީ ލަފާ ހޯދުމަށް ކޮމިޝަންގެ ޖަލްސާއެއް ބާއްވާފައިވާ ކަމަށެވެ. އަދި އެ ޖަލްސާގައި ކޮމިޝަން މެމްބަރުންނަށް ފާހަގަކުރެވުނު ބައެއް ކަންކަމާ ގުޅޭ ގޮތުން ޖަވާބު ހޯދަން މަޖިލީހުގައި އެދިފައިވާނެ ކަމަށެވެ.
މަޖިލީހުން ސާފުކުރަން ބޭނުންވާ މައުލޫމާތުތަކުގެ ތެރޭގައި، ނިޒާމީ ވޯޓެއް ނަގާއިރު އެ ނަގާ މައުޝޫ އަކީ ކޮބައިކަމާއި ކުރަން ޖެހޭ ސުވާލަކީ ކޮބައިކަން އެނގެން ޖެހޭ ކަމަށް ވިދާޅުވިއެވެ.
"އެ ސުވާލެއް ނެތް އަޅުގަނޑުމެންނަށް ލިބިފައެއް. އަޅުގަނޑުމެން ދަންނަވާފައި އޮންނާނެ މަޖިލީހުގައި ރައްޔިތުންގެ ގާތު އީސީން އަހަންވީ ކޮން ސުވާލެއްތޯ އެ ސުވާލު ކޮބައިތޯ؟ އެ ސުވާލު ފޮނުއްވައިދެއްވާށޭ.. އަޅުގަނޑުމެންނަށް މަޖިލީހުން ފާސްކުރައްވާފައި އަދި އެ ސުވާލާއެކީގައި އެބަ ބޭނުންވޭ އެހެން މައުލޫމާތުވެސް، ރައްޔިތުން މި ދެންނެވި ސުވާލާ ގުޅިގެން ރައްޔިތުން ހޭލުންތެރިކުރުވަން ޖެހޭ"
އެކަމާއި ގުޅުވައި ހުރި ހުއްޖައްތަކަކީ ކޮބައިތޯ އާއި ހުރި ފައިދާތަކާއި ގެއްލުންތައް ގުޅޭ ގޮތުން ވޯޓުލާއިރު އެނގެން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
"ނިޒާމަކަށް ނޫނިއްޔާ ވަކި ކަމަކާއި ގުޅޭ ގޮތުން ވޯޓުލާއިރު ވޯޓުލާން މި ޖެހެނީ ކީއްވެގެންތޯ އެ މައުލޫމާތު އެބަ ހުންނަން ޖެހޭ މަޖިލީހުން ބޭނުންވާ ގޮތަކަށް މައުލޫމާތު ދިނީމަ އަޅުގަނޑޫމެން އެބަޖެހޭ އެ މައުލޫމާތު އާއްމުކުރަން" އޭނާ ވިދާޅުވިއެވެ.
ހަބީބް ވިދާޅުވީ ވޯޓު ނެގުން ކުރިއަށްދެވޭނީ ބަޖެޓް ލިބިގެން ކަމަށެވެ. ނިޒާމީ ވޯޓެއް ނެގުމުގައި އަމަލުކުރާނެ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި އެ އިސްލާހު ޝާއިއުކުރަން ގެޒެޓަށް ފޮނުވާނެ ކަމަށް ހަބީބް ވިދާޅުވިއވެެ.
 
		 
										
										 
		 
		 
		 ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި
														
							
								ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި								 ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
														
							
								ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް								 ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
														
							
								ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް								 އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
														
							
								އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް								 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
														
							
								އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް								 މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
														
							
								މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް								 
		
ފުރަތަމަ ތި ނިޒާމެއް އުފެއްދުނުގާވެސް ތިއޮތީ ބާތިލުވެފާ، ވާނުވާއެއްނޭނގޭ ކުރަންވިކަމެއް ނޭނގޭ ކިއަންވިނަމެއްނޭނގޭ އެވަރުގެކަމެއް ކިހިނެއްތޯ ސައްހަވާނީވެސް؟؟
ނިޒާމު