ރަށް ކުރިއަރުވަން ހުރިހާ ފިކުރެއްގެ ބަޔަކު އެކަތިގަނޑަކަށްވެގެން މަސައްކަތް ކުރަން ޖެހޭ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރ. އަނގޮޅިތީމުގައި ބޭއްވި ކެމްޕޭނު ބައްދަލުވުމެއްގައި މުއިއްޒު ވިދާޅުވީ ރަށް ކުރިއެރުވުމުގައި ގެންގުޅެންވާނީ އެކުވެރިކަން ކަމަށެވެ. އެއީ ހިޔާލުތަފާތުވާ ވަރަށްވުރެ މާ ބޮޑަށް އެއް ވިސްނުމެއްގައި ކުރަން ޖެހޭ ކަމެއް ކަމަށް ވިދާޅުވިއެވެ.
"ރަށެއްގެ ތަރައްގީއަށް ކުރަމުން އަންނަ ކަންކަމަކީ ސިޔާސީ ޕާޓީއަކަށް ނިސްބަތްވެގެން އެކަމުގައި ހިޔާލު ތަފާތުވާ ވަރަށް ވުރެ މާ އެއް ވިސްނުމެއްގައި މަސައްކަތްކުރަން ޖެހޭ ކަންކަން" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ދެއްވި ޔަގީންކަމަކީ އޭނާ ވެރިކަމަށް ހޮވިއްޖެނަމަ ރަށްރަށުގައި ފަށާފައި ހުރި މަޝްރޫއުތައް ނިންމާނެ ކަމެވެ. އަދި ރައްޔިތުން ބޭނުންވާ ނަތިއްޖާ ނެރެދޭނެ ކަމުގެ ޔަގީންވެސް މުއިއްޒު ދެއްވިއެވެ.
މުއިއްޒު ވިދާޅުވި ގޮތުންނަމަ ޕީއެންސީން ވެރިކަންކުރާނީ ރައްޔިތުންނާ ގާތުން ހުރިކަންބޮޑުވުންތައް އޮޅުން ފިލުވައިގެން ކަމަށެވެ. އަދި ލޯކަލް ކައުންސިލްތައް މިހާރަށްވުރެ ބޮޑަސް ބާރުވެރިކުރެވިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ