ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށް ތާއިދުކުރައްވާކަން ހާމަކޮށްފިއެވެ.
ޖޫމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރުގެ މަގާމުވެސް އަދާކުރައްވަމުން ގެންދަވާ ރިޔާޒު ރައީސް ސޯލިހަށް ތާއިދުކުރައްވާކަން ހާމަކުރައްވަމުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލީހުގެ ހިންނަވަރު ދާއިރާގެ ކުރީގެ މެމްބަރު ރައީސް ސޯލިހަކީ ހާއްސަ މަޖިލިހުގަ އާއި ރައްޔިތުންގެ މަޖިލީހުގައި އޭނާއާ އެކު އިސްލާހީ ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ.
ރިޔާޒު ރައީސް ސޯލިހަށް ތާއިދުކުރައްވާކަން ހާމަކުރެއްވި ނަމަވެސް ޖޭޕީން އިސްތިއުފާދެއްވި ކަމެެއް ވިދާޅެއް ނުވެއެވެ. އިންތިހާބުގެ ފުރަތަމަ ބުރުގައި ޖުމްހޫރީ ޕާޓީއަށް ލިބުނީ 5460 ވޯޓެވެ. އިންތިހާބުގެ ދެވަނަ ބުރުގައި ތާއިދުކުރާނެ ޕާޓީއެއް ކަނޑައެޅުމާއި ގުޅޭ ގޮތުން ޖޭޕީން ބޭއްވި ކައުންސިލް ބައްދަލުވުމުގައި ނިންމީ ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކަށް ތާއިދުނުކުރަންށެވެ.
އެކަމަކު އެ ޕާޓީގެ މެމްބަރަކު ބޭނުންވާ ބަޔަކަށް ތާއިދުކުރެވޭނެ ކަމަށް ގާސިމް ވިދާޅުވެފައިވެއެވެ. ރިޔާޒު ރައީސަށް ތާއިދުކުރައްވާފައިވާއިރު ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ މިއަދު ޖޭޕީން ވަކިވެވަޑައިގެންފައެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް