ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާ އަށް އިންސާފު ހޯދައި ދޭނީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ކަމަށް އެމަނިކުފާނު މިރޭ ވިދާޅުވެއްޖެއެވެ.
މިރޭ މާފަންނުގައި ބޭއްވި ކަންމަތީ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ އޭނާގެ ސަރުކާރެއްގައި އިންސާފަށް "ޗެމްޕިއަންކަން" ނަގާނެ ކަމަށެވެ. މި ސަރުކާރުން އިންސާފު ގާއިމް ކުރުމަށް ފެއިލްވެފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ސިފަ ކުރެއްވި ގޮތުގައި ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަށް އިންސާފު ހޯދައި ނުދެވުމަކީ އެ ހަމަލާއަށް ސަރުކާރުން ސަމާލުކަން ނުދިންކަން ހާމަވެގެން ދިޔަ ކަމެކެވެ. އެހެންކަމުން ނަޝީދަށް އިންސާފު ހޯދައި ދޭން މި ސަރުކާރުން މަސައްކަތް ކޮށްފައި ނުވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
"ރައީސް ނަޝީދު، އެމަނިކުފާނަށް ދިން، މާލޭގެ މެދުގައި، މަޖީދީ މަގުގައި ދިން އަނިޔާވެރި އުދުވާނީ ހަމަލާ، އެ ހަމަލާގައި އެމަނިކުފާނަށް އިންސާފު ހޯދައިދީފައެއް ނުވޭ. މި ސަރުކާރުން އެކަމަށްޓަކާ ދޭންވާ ސަމާލުކަން ދީފައެއް ނުވޭ،"
މުއިއްޒު ވަނީ ރާއްޖެ އަށް ހަމަޖެހުން އަންނަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އެކަން ކުރެވޭނީ އަދުލުވެރިކަން އިސްކޮށްގެން ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ