ސިޔާސީ ވާދަވެރިންނަށް ރައްދު ދިނުމުގެ ގޮތުން ވެސް އެހެން ފަރާތްތަކުން ވެއްޓޭ ފަދަ، ދަށު ދަރަޖައަށް ވެއްޓިގެން ނުވާނެ ކަމަށް އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިފަދައިން ވިދާޅުވިއިރު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ރިޔާސީ ކެމްޕެއިންގެ ޑޯޓުޑޯ އަށް މިއަދު ހަވީރު ހުޅުމާލެ ފޭސް ދޭކަށް ވަޑައިގަތުމުން އިދިކޮޅު ޕީޕީއެމް/ޕީއެންސީ އަށް ނިސްބަތްވާ ބައެއް ފަރާތްތަކުން ވަނީ ފުރައްސާރަ ކޮށްފައެވެ.
ފަޒްނާގެ އަރިހުގައި އެވަގުތު ހުޅުމާލެ ދާއިރާގެ މަޖިލިސް މެންބަރު އަލީ ނިޔާޒު ހުންނެވިއެވެ. ފޭސްބުކްގައި ފަޒްނާ އާއްމު ކުރެއްވި ލިޔުމެއްގައި ވަނީ އެކަމަނާ އަށް ކުރި ފުރައްސާރައާ ގުޅިގެން އިދިކޮޅު ކެންޑިޑޭޓަށް އަލީ ނިޔާޒު ފޯނު ކުރެއްވި ކަމަށާއި ނަމަވެސް ފޯނަށް މުއިއްޒު ޖަވާބު ދެއްވާފައި ނުވާ ކަމަށް ވިދާޅުވެފައެވެ. އަދި މެސެޖު ކުރެއްވުމުން މެސެޖަށް ވެސް ޖަވާބު ދެއްވާފައި ނުވާ ކަމަށް ވިދާޅުވިއެވެ.
ސީދާ ފަޒްނާ އަށް ކުރި ފުރައްސާރައިގެ ވާހަކަ ވިދާޅުނުވެ، ށ. ފުނަދޫގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި މިރޭ މުއިއްޒު ވަނީ ސިޔާސީ ވާދަވެރިންނަށް ރައްދު ދޭން ވާނީ ރީތިކޮށް ކަމަށް ވިދާޅުވެފައެވެ.
"ވާން ޖެހޭނެ އަމަލާއި ބަހުން ރީތި މިސާލު ދައްކާ ބަޔަކަށް. ސިޔާސީ ވާދަވެރިޔާ އަށް ރައްދު ދިނުމުގެ ގޮތުން އެ ފަރާތުން ވެއްޓުނު ދަރަޖަ އަށް ވެއްޓިގެން ނުވާނެ،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒުގެ ވާހަކަފުޅުގައި ވަނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ މެންބަރުން ވާން ޖެހޭނީ ރީތި ހަމަތަކުގެ މަތިން އުޅޭ ބަޔަކަށް ކަމަށް ވިދާޅުވިއެވެ. ދިވެހި މުޖުތަމައުން އެފަދަ ކަންކަން މިއަދު ނެތި ގޮސްފައިވާ ކަމަށާއި އެމަނިކުފާނުގެ ސަރުކާރެއްގައި އެކަންކަން އަނބުރާ ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
"ތައުލީމީ ނިޒާމުގެ ތެރެއިން އެ އާދަތައް އަނބުރާ ގެނެސްދޭން ހާއްސަ ސަމާލުކަމެއް ދޭނަން،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު މިފަދައިން ވިދާޅުވިއިރު ފަޒްނާ އަށް ފުރައްސާރަ ކުރި މައްސަލާގައި އިދިކޮޅު ފަރާތްތަކަށް ސޯޝަލް މީޑިއާގައި އަންނަނީ ފާޑު ކިޔަމުންނެވެ.
 
		 
										
										 
 
 
		 
		 
		 ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި
														
							
								ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި								 ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
														
							
								ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް								 ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
														
							
								ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް								 އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
														
							
								އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް								 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
														
							
								އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް								 މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
														
							
								މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް								