ވެރިކަމުގެ ނިޒާމުގެ ބަދަލުކުރުމާއި ގުޅޭ ގޮތުން ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީންއާ ބައްދަލުކުރައްވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގަތުމުން، ޔާމީން އެކަމާއި ދެކޮޅު ހައްދަވައިފިއެވެ.
ކަރެކްޝަންސްއިން ބުނީ މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރައްވަމުން ގެންދަވާ ޔާމީން އާ ބައްދަލު ކުރައްވަން ނަޝީދުގެ ފަރާތުން އެދިފައިވާ ކަމަށެވެ. އެހެން ނަމަވެސް ނަޝީދާ ބައްދަލު ކުރަން ޔާމީން ބޭނުން ނުވާ ކަމަށް އެމަނިކުފާނުގެ ފަރާތުން އަންގާފައިވާ ކަމަށް ކަރެކްޝަނުން ބުންޏެވެ.
އިއްޔެ ދަ ޑިމޮކްރެޓުން ބޭއްވި ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ ވެރިކަމުގެ ނިޒާމަށް ބަދަލެއް ގެންނައިރު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީނާވެސް މަޝްވަރާކުރެއްވުން މުހިއްމު ކަމެއް ކަމަށް ދެކޭ ކަމަށާއި ޔާމީނާ ބައްދަލުކުރައްވަން އެދިވަޑައިގެންފައިވާނެ ކަމަށް ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ އިންތިހާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހެދުމާއި ގުޅޭ ގޮތުން ޕީޕިއެމް/ޕީއެންސީ އަދި އެމްޑީޕީއާއެކު މަޝްވަރާކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއްބަސްވުމެއްގައި ސޮއިކުރަން ޕީޕީއެމުން ދެކޮޅު ހަދާފައިވާ ކަމަށެވެ.
ނަޝީދު ވިދާޅުވީ ދެވަނަ ބުރުގައި މޮޅުނުވެވޭނެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގަބޫލުކުރެއްވުމަކީ ރާއްޖެއަށް ބޭނުންތެރި ކަމެއް ކަމަށާއި، އެއީ ރައީސް ހޯއްދަވަން ޖެހޭ ވޯޓުގެ އަދަދުވެސް ގިނަވުމުން ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އެކަން ގަބޫލުކުރައްވާ ގާނޫނޫ އަސާސީއަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް ރައީސް ސޯލިހު ޑިމޮކްރެޓުންނާއެކު މަސައްކަތް ކުރުމަކީ ބޭނުންތެރިކަމެއް ކަމަށާއި އެއީ ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން ގޮތެއް ނިންމުންވެސް ހިމެނޭހެން ކަމަށް ނަޝީދު ވިދާޅުވިއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ