މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ހަމަޖެއްސުމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވެސް ވައުދުވެވަޑައިގެންފިއެވެ.
އދ. މަހިބަދޫގައި ބޭއްވި ކެމްޕޭނު ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އޭނާއާ ގުޅޭ ގޮތުން އާންމުންނާ ހަމައަށް ހަބަރުތައް ގެނެސްދިނުމަށް ނޫސްވެރިން ބުރަ މަސައްކަތެއް ކުރަމުންދާ ކަމަށެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި މީޑިއާ އަކީ ޑިމޮކްރަސީއެއް ވަރުގަދަ ކުރުމުގައި އެންމެ މުހިންމު އެއް ފަރާތެއް ކަމަށާއި ސަރުކާރެއް ޖަވާބުދާރީ ކުރުވުމުގައި އެންމެ އިސްދައުރު އަދާކުރާނީ މީޑިއާ ކަމަށެވެ.
މުއިއްޒު ސިފަކުރި ގޮތުގައި ނޫސްވެރިކަން އޮތީ އަޅުވެތި ކޮށްފައެވެ.
އެއަށް ފަހު މުއިއްޒު ވިދާޅުވީ ދައުލަތުގެ ނިޒާމެއްގެ ތެރެއިން މީޑިއާތަކަށް އެހީތެރިކަން ދެވޭނެ ގޮތެއް އޮންނަން ޖެހޭ ކަމަށެވެ.
"އެހެންވީމާ ދައުލަތުގެ ބަޖެޓުން ހުރިހާ ސިޔާސީ ޕާޓީތަކަށް ފައިސާ ދޭ އުސޫލުން، ގާނޫނަށް ބަދަލު ގެނެސްގެން ދައުލަތުގެ ބަޖެޓުން ވަކި އިންސައްތައެއްގެ އެހީ ނޫސްވެރިކަމުގައި މަސައްކަތް ކުރާ އެކި ކަހަލަ މީޑިއާތަކަށް ފައިދާވާނެ ގޮތަށް ދޭން ހުށަހަޅާނަން." މުއިއްޒު ވައުދުވިއެވެ.
މުއިއްޒުގެ އިތުރުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ގޮސްފައިވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުވެސް ވަނީ ދެވަނަ ދައުރަކަށް އެމަނިކުފާނު އިންތިހާބުވެވަޑައިގެންފި ނަމަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޭނެ ކަމަށް ވިދާޅުވެފައެވެ.
ބީއެމްއެލްގެ ހައުސިން ޕްރޮޖެކްޓަށް 720 ޔުނިޓު އިތުރުކުރަނީ
ފަސް ކޮންޓެއިނަރުގެ ތެރެއިން ދެ ކޮންޓެއިނަރު ފެނިއްޖެ
ރައީސް މުއިއްޒު އަދި ސަރުކާރާ ގުޅޭ ބޮޑު ތުހުމަތެއް މުންދު ދޮގުކޮށްފި
ހުޅުމާލޭ އެޕާޓުމަންޓެއްގައި ހަމަނުޖެހުން ހިންގި ބަޔަކު ހައްޔަރަށް
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން