ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި މުޅި ނަތީޖާ އަބުރާލައި، ބޮޑު ތަފާތަކުން އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ރައީސް އެހެން ވިދާޅުވީ އެމްޑީޕީ ސަޕޯޓަރުންނާ އެކު، އެ ޕާޓީގެ ދަނޑިކޮށި ޖަގަހައިގައި މިރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ފުރަތަމަ ބުރުގެ ނަތީޖާ ނުކުތީ އެއްވެސް ގޮތަކަށް ބޭނުންވި ގޮތަކަށް ނޫން ކަމަށެވެ. އިންތިހާބުތަކުގައި އެހެން ދިމާވެދާނެ ކަމަށާއި އެމްޑީޕީއަކީ ނާކާމިޔާބުގައި މަސައްކަތް ކުރާ ބައެއް ކަމަށާއި އެެއަށްފަހު، ކާމިޔާބު ކުރާ ބައެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ފުރަތަމަ ބުރުގައި ނަތީޖާ ދިމާވި މިސްޓޭކްތައް ދެނެގަތްފައިވާ ކަމަށް ފާހަގަ ކުރައްވައި، އެމަނިކުފާނުގެ ސަޕޯޓަރުންނަށް ރައީސް އިޝާރާތް ކުރެއްވީ ފަހަތަށް ޖެހިވަޑައިނުގެން، ކުރިއެކޭ ވެސް އެއްގޮތަށް ކުރިއަށް ޖެހިވަޑައިގެންވުމަށެވެ.
"އިންތިހާބުގެ ފުރަތަމަ ބުރު ނިމުމުން އަޅުގަނޑުމެން ދިރާސާތަކެއް ހަދައިފި. ކީއްތޯ މިވީ ކިހިނެއްތޯ މިވީ. ވަރަށް ސާފުކޮށް އެނގޭ ރަނގަޅު ކުރަންވީ ކަންތައްތައް،" ރައީސް ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ވޯޓު މަދުވެފައިވާތީ، އެކަމަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ މިފަހަރުގެ އިންތިހާބުގައި އެންމެ މަދުން ވޯޓުލީ މި ރިޔާސީ އިންތިހާބުގައި ކަމަށެވެ. އެމްޑީޕީގެ ޕްލެޖުތަކުގައި ތިބި މީހުންނަށް ވޯޓުނުލެވުނު ސަބަބު ދެނެގަނެ، ކޮންމެ ވޯޓު ފޮށްޓެއްގައި ވެސް އެކަން ހައްލު ކުރެވޭނެ ގޮތް ހަދާފައިވާ ކަމަށް ރައީސް މިރޭ ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އަނިޔާވެރިކަމަށް އެނބުރި ދާން ބޭނުންނުވާތީ، އަދި ނާމާންކަމުގެ ތެރެއަށް ރާއްޖެ ގެންދަން ބޭނުންނުވާތީ އެންމެން އެކުގައި މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
ރާއްޖޭގައި އުޅޭ ނޭޕާލްގެ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލަ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ
ސިނގިރޭޓް ވައްކަން: އިދާރާއަކުން ނަގާނެ އެއްވެސް ޒިންމާއެއް ނެތް
ނިޔާޒު އިސްތިއުފާ ދެއްވުމުން އެ މަގާމަށް، ޔަޒްމީދު އިންތިހާބުކޮށްފި
ނޮވެމްބަރު 2 ސަރުކާރު ބަންދު
ކޮމެޓީން ފާސްކުރީ މީޑިއާ ކޮމިޝަނުގެ ރައީސަކަށް ފަރުޝަތު އައްޔަންކުރަން