ޕީޕީއެމް/ޕީއެންސީގެ ވަފުދެއް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާ ބައްދަލުކުރަން ސަން އައިލެންޑަށް ގޮސްފިއެވެ.
އެ ޓީމް ގައި ހިމެނިވަޑައިގަންނަވަނީޯ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒުގެ ރަނިން މެޓް ހުސެއިން މުހައްމަދު ލަތީފް (ސެމްބެ) ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ޕީޕީއެމްގެ ނައިބް ރައީސް މުހައްމަދު ސައިދޫގެ އިތުރުން މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) އެވެ.
ޖޭޕީގައި ހިމެނިވަޑައިގަންނަވާ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމްގެ ވަފުދު ގާސިމް އަރިހަށް ވަޑައިގެންނެވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެކުގައި މަސައްކަތް ކުރުމުގެ ދައުވަތު ދިނުމަށް ކަމަށެވެ.
ބައްދަލުވުން އޮންނާނީ މިރޭ ސަން އައިލެންޑުގައި ކަމަށްވެސް ނިހާން ވިދާޅުވިއެވެ. ޕީޕީއެމްގެ ވަފުދުން ގާސިމާ ބައްދަލުކުރައްވަން ވަޑައިގެންފައިވާއިރު ޖުމްހޫރީ ޕާޓީއާ އެކު ކޯލިޝަން ހެދުމަށް އެ ޕާޓީއާ އެކު މަޝްވަރާ ނުކުރާން ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕަށް އެ ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަންގަވާފައިވެއެވެ.
ނަމަވެސް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ދެވަނަ ބުރަށް ކޯލިޝަން ހެދުމަށް، ހުރިހާ ޕާޓީއަކާއެކު މަސައްކަތްކުރުމަށް ޔާމީން ރުހުން ދެއްވާފައިވާ ކަމަށެވެ.
"އައިޝާ" ޑޮކިއުމަންޓްރީއާ ގުޅިގެން ނެރުނު އަމުރު އިސްތިއުނާފުކޮށްފި
މަޖިލީހުގެ މިހިނގާ ދައުރު މިމަހުގެ ނިޔަލަށް ދަންމާލަނީ
ނާޒިމް ވަކި ކުރުމުގެ މައްސަލަ ހުށަހަޅައިފި
ރައީސަށް ގަޒުފްކުރި ކަމަށް ތުހުމަތުކޮށް އާސިއްޕެ ޕޮލިހަށް
އިންޑިއާ އަށް ވަޑައިގެން އިރުތިޝާމް ޖައިޝަންކަރާ ބައްދަލުކޮށްފި
މަޖިލިސް ނާއިބުކަމުން ނާޒިމް ވަކިކުރަން ސޮއި ހަމަކޮށްފި