މިހާރު ކުރިއަށްދާ ރިޔާސީ އިންތިހާބުގައި 88 އިންސައްތަށް ވުރެން މަތިން ވޯޓުލާން މީހުން ނުކުންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު 8 ގައި ފެށިގެން ކުރިއަށްދާއިރު، 10:00 ހަމައަށް ވޯޓުލާ އާބާދީގެ 12 އިންސައްތަ މީހުން ވަނީ ވޯޓުލައިފައެވެ. އެގޮތުން ރިޔާސީ އިންތިހާބުގެ ގިނަ ކެނޑިޑޭޓުންތަކެއް ވެސް ނުކުމެ ވޯޓު ލައްވާފައިވާރު، މިފަހަރުގެ އިންތިހާބަކީ އެންމެ ގިނަބަޔަކު ވޯޓުލާނެ އިންތިހާބަށް ވާނެ ކަމަށް އެމްޑީ އަދި ގުޅިފައިވާ ޕާޓީތަކުގެ ކެނޑިޑޭޓް ރައީސް ސޯލިހް ވަނީ ވިދާޅުވެފައެވެ.
މިއަދު ކުރިއަށްދާ ވޯޓުގައި ބައިވެރިވެ، ވޯޓު ލެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ އެމަނިކުފާނު ޔަގީންކުރައްވަނީ 88 އިންސައްތައާއި 90 އިންސައްތައާއި ދެމެދުގެ އަދަދަކަށް މި އިންތިހާބުގައި ވޯޓު ލާނެ ކަމަށެވެ.
"އަޅުގަނޑު ހިތުން މިފަހަރުގެ މި އިންތިހާބުގައި ވެސް ކުރިއެކޭ އެއްގޮތަށް 88 ޕަސަންޓާއި 90 ޕަސަންޓާއި ދެމެދުގައި ވޯޓުލާނެ ކަމަށް ޔަގީންކުރަނީ. ޓްރެންޑް ފެންނަނީ އެގޮތަށް،" ރައީސް ވިދާޅުވިއެވެ.
މިފަހަރުގެ ވޯޓުލާ އާބާދީ 280،000 އިން މަތީގައި އުޅޭ އިރު، އެންމެ ފަހުން 2018 ވަނަ އަހަރުގެ އިންތިހާބުގައި ވޯޓު ލެވޭ އާބާދީގެ 89 އިންސައްތަ މީހުން ވަނީ ވޯޓުލައިފައެވެ. އޭގެ ކުރިން 2013 ވަނަ އަހަރުގެ އިންތިހާބުގެ ފުރަތަމަ ބުރުގައި 88 އިންސައްތަ މީހުން ވޯޓުލާފައިވާ އިރު، 2008 ގެ އިންތިހާބުގެ ފުރަތަމަ ބުރުގައި 84 އިންސައްތަ މީހުން ވަނީ ވޯޓު ލައިފައެވެ.
ރައީސް ވިދާޅުވީ މިފަހަރުގެ އިންތިހާބުގައި މިހާތަނަށް އެއްވެސް ހަމަނުޖެހުމެއް އުޅޭކަން ފާހަގަވެފައިނުވާ ކަމަށެވެ. އަދި މީގެ އިތުރުން އެމްޑީޕީއިން އިންތިހާބާ ދިމާކޮށް ގިނަ އަދަދެއްގައި ފައިސާ ބަހަމުންދާ ކަމަށް ބުނެ ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެމްޑީޕީއިން އެފަދަ ކަމެއް ނުކުރައްވާކަމަށެވެ.
 
		 
		 
		 
		 ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
														
							
								ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް								 ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
														
							
								ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް								 އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
														
							
								އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް								 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
														
							
								އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް								 މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
														
							
								މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް								 ޗެޓް ޖީޕީޓީ ގޯ އިންޑިއާގައި ހިލޭ
														
							
								ޗެޓް ޖީޕީޓީ ގޯ އިންޑިއާގައި ހިލޭ								