އިދިކޮޅު، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް އއ. މަތިވެރިން ހަމަލާ ދޭން އުޅުނު ކަމަށް ބުނާ މީހަކު ފުލުހުން ހުއްޓުވައިފިއެވެ.
މުއިއްޒަށް ހަމަލާދޭން އުޅުނީ މަތިވެރިއަށް އޭނާ ވަޑައިގެން، މަރުހަބާ ކިޔަން ނުކުމެ، ތިބި ސަޕޯޓަރުންގެ ސަފުތެރެއަށް ވަދެއެވެ. މުއިއްޒު ސަލާމް ކުރައްވަމުން ގެންދަވަނިކޮށް، އޭނާއާ ދެކޮޅު ސަޕޯޓަރެއް ސަފުގައި ހުރިކަން އަރިހުގައި ތިއްބެވި ބޭފުޅުން ފާހަގަ ކުރެއްވުމުން، އެ ހިސާބުން ހަމަނުޖެހުމެއް އުފެދުނެއެވެ.
އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުން، ސަފުގައި ހުރި މީހާ އެތަނުން ދުރަށް ޖައްސަން އުޅުމުން ޒުވާބުކޮށް ހަމަނުޖެހުން ހިނގަން އުޅުމުން ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ.
އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރާނަން: ރައީސް
ކައުންސިލްތަކުގެ އަތުން ބިން ނަގާ އިސްލާހާ ދެކޮޅަށް ސޮއި ހަމަވެއްޖެ
ކާރިސާތަކުގައި އެހީވުމަށް އިންޑިއާއިން ދައްކުވައިދޭ ނަމޫނާ!
ދޯނި އަޑިއަށް ދިޔަ ފުންމިނުގައި އަސްކަރީ ސަބްމެރިންވެސް ދަތުރުނުކުރާނެ
އެމްޑީޕީގެ ރައީސްކަމުން ޝާހިދު އިސްތިއުފާ ދެއްވައިފި
ރައީސާ ބައްދަކުރަން ބޭނުންވާ ފަރާތްތަކުގެ ބައްދަލުވުންތައް ފަށައިފި