އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭނުގައި އަމަލީގޮތުން ގުޅިވަޑައިގަތުމަކީ އެ ޕާޓީއަށް ލިބުނު ބޮޑު ހިތްވަރެއް ކަމަށް ލީޑާޝިޕްގެ ބޭފުޅުން ވިދާޅުވެއްޖެއެވެ.
ކާނިވާގައި ހުންނަ ޕީޕީއެމްގެ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ފާތުން މިރޭ ބައިވެރިވެވަޑައިގެންނެވިއެވެ. ފާތުންއަށް މަރުހަބާ ކިޔުމަށް ގިނަ އަދަދެއްގެ އަންހެން ސަޕޯޓަރުން އެޖަލްސާގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ސަޕޯޓަރުންނާ މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ އާލާސްކަންފުޅާ އުޅުއްވަމުން ޖަގަހައަށް ފާތުން ވަޑައިގެންނެވުމަކީ ޕާޓީގެ މެމްބަރުންނަށް ލިބުނު އުފަލެއް ކަމަށެވެ. "މި މަންޒަރުން ފެންނަނީ ޖަލުގައި އޮންނެވިޔަސް ކޮންމެ ހާލެއްގައި އޮންނެވިޔަސް ރައީސް ޔާމީން މި ޕާޓީ ބަދަހިކުރައްވާނެކަން" އާދަމް ޝަރީފް ވިދާޅުވިއެވެ.
މުއިއްޒުގެ ރަނިންމޭޓް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވީ ޔާމީން ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ދަނޑިވަޅަކީ އެމަނިކުފާނުގެ އާއިލާއަށް އެހާ ފަސޭހަ ވަގުތެއް ނޫން ކަމަށެވެ. ނަމަވެސް ކެމްޕޭނަށް ހިތްވަރުދެއްވުމަށް ފާތިމަތު ވަޑައިގެންނެވުމަކީ ރާއްޖޭގެ އަންހެން ކަނބަލުން ފަހުރުވިވާން ޖެހޭ ކަމެއް ކަމަށެވެ.
"އެކަމަނާ ކުރެއްވި ބުރަ މަސައަކަތް މިދިޔަ ވަގުތު ތަކުގައި އަޅުގަނޑު ކައިރިން ދުށިން. މި ޕާޓީ އެކަތިގަނޑަކަށް ބޭއްވުމަށްޓަކައި އަދި ރައީސް ޔާމީން މިނިވަންކުރުމަށްޓަކައި ކުރެއްވި މަސައްކަތް ކައިރިން ދުށިން" ސެމްބެ ވިދާޅުވިއެވެ.
މިރޭ ޖަލްސާގައި ޑރ މުއިއްޒުގެ އަނބިކަނބަލުންގެ އަދި ސެމްބެގެ އަނބިކަނބަލުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މުއިއްޒު މި ވަގުތު އުޅުއްވަނީ ކެމްޕޭނުގައި އދ. މަހިބަދޫގައެވެ.
ސަރުކާރުން ފަށާ ޓެކްސީ ލައިންގެ ކާރުތައް ރާއްޖެ ގެންނަން ފަށައިފި
ހަނގުރާމައާ ގުޅޭ ވާހަކައެއް އެމެރިކާ މަންދޫބާއެކު ނުދައްކާނަން
ބޯހިޔާވަހިކަން ލިބުމުން ސަރުކާރަށް ބިންކޮޅު ދޭން ނުޖެހޭ ގޮތް ހަދަނީ
މަރުގެ އަދަބު ތަންފީޒު ކުރުމުގެ ބިލް މި ދައުރު މަޖިލީހަށް ހުށަހަޅާނެ
ރައްޔިތުން މަޖިލީހުގެ ވަކި ޕަސެންޓެއް ޒުވާނުންނަށް ހާއްސަކުރަނީ
ކުރީގެ މޭޔަރު އާދަމް މަނިކުގެ ތާއީދު ޖަލީލަށް