ރާއްޖެ އަށް ތަރައްގީ ގެނެވޭނީ އެކަމުގެ ނަތީޖާ ނެރެދީފައިވާ ބަޔަކާއި ގައުމު ހަވާލު ކޮށްގެން ކަމަށް އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މި މަހުގެ 9ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ރިޔާސީ ކެންޑިޑޭޓުންނާއެކު "ސަންގު ޓީވީ" އިން މިރޭ ބޭއްވި ބަހުސްގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ރާއްޖެ އަށް މިހާރު ބޭނުން ވަނީ ހަމަޖެހުން އަންނަ ކަމަށާއި އަދި އަނިޔާވެރިކަން ނިމިގެން ދާން ކަމަށެވެ. ރާއްޖެ އަށް ބޭނުންވަނީ އަދުލުވެރިކަމާއެކު ވެރިކަން ކުރާތަން ރައްޔިތުންނަށް ފެނިގެން ދިއުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ތަރައްގީއާ ތަމައްދުން އަނެއްކާވެސް އަނބުރާ ގައުމަށް ލިބިގެން ދާން. އެހެންވީމާ އަޅުގަނޑުމެންގެ ގައުމުގެ މުސްތަގުބަލަށްޓަކައި އަޅުގަނޑުމެންގެ މިނިވަންކަން ޔަގީންކަމާއެކު ހިމާޔަތް ކުރުމަށްޓަކައި...،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ދިވެހިންނަށް ވީތީ ދިވެހިންގެ ރާއްޖެ ދިވެހިން ހޯދުމަކީ އެމަނިކުފާނުގެ އެންމެ ބޮޑު އެއް ސިޔާސަތު ކަމަށެވެ. މިއަދު ރާއްޖެ އިން ފެންނަނީ އަންނަން ޖެހޭ ތަރައްގީ ސޮއްސާލައިގެން ގޮސްފައިވާ މަންޒަރު ކަމަށް ވިދާޅުވެ، މުއިއްޒު ވިދާޅުވީ މިމަހުގެ 9ވަނަ ދުވަހު ރައްޔިތުން ރަނގަޅު ގޮތެއް ނުނިންމައިފި ނަމަ ދިވެހިންގެ މިނިވަންކަމާއި ދިވެހިންގެ އިސްތިގުލާލު ދޫވެގެން ދާނެ ކަމަށެވެ.
ޒުވާނުންނަކީ ގައުމުގެ ހަކަތަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ އެ ޒުވާނުންނަށް ފުދުންތެރި ދިރިއުޅުމެއް ދޭންޖެހޭ ކަމަށެވެ. އަދި ޒުވާނުންނާއެކު ކަނބަލުންނަށް އެމީހުންގެ އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ ފުރުސަތު ފަހި ކޮށްދޭން ޖެހޭ ކަމަށެވެ.
"އަޅުގަނޑުމެންނަށް ތަރައްގީ ގެނެވޭނީ ނަތީޖާ ނެރެދީފައިވާ ބަޔަކާއި އަނެއްކާވެސް ގައުމު ހަވާލު ކޮށްގެން. އަޅުގަނޑުމެންނަށް ފެނިގެން ގޮސްފައި ވާނީ 2013 އިން 2018 އަށް ރައީސް ޔާމީންގެ ވެރިކަމުގައި މިގައުމުގައި ތަރައްގީ ގެނެސްފައިވާ ގޮތް،" މުއިއްޒު ވިދާޅުވިއެވެ.
ތަކުރާރުކޮށް މުއިއްޒު ވިދާޅުވީ ގައުމުގެ މުސްތަގުބަލު އުޖާލާ ކުރެވޭނީ ނަތީޖާ ނެރެދެވިގެން ކަމަށެވެ. އެކަން ކުރެވޭނީ އިހުލާސްތެރިކަމާއެކު މަސައްކަތް ކުރެވޭނެ ބަޔަކާއި ގައުމު ހަވާލު ކޮށްގެން ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ