އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ރާއްޖޭގެ އާބާދީ އެންމެ ބޮޑު ސިޓީތަކުގެ ތެރޭ ހިމެނޭ ވެރިރަށް މާލެ އާއި އައްޑޫ ސިޓީން އެމްޑީޕީއަށް މެޖޯރިޓީ ލިބޭނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް އެހެން ވިދާޅުވީ ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ބޭއްވި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުންނެވެ.
އެންމެ ބޮޑު މެޖޯރިޓީއެއް ލިބޭނީ ކޮން އަތޮޅުތަކަކުންތޯ ސުވާލު ކުރުމުން ރައީސް ވިދާޅުވީ ކެމްޕޭނު ތެރޭގައި ގިނަ ރަށްރަށަށް ވަޑައިގެންނެވިއްޖެ ކަމަށާއި ރަށްތަކުން ފެންނަނީ އެމްޑީޕީއާ އެ ޕާޓީއާ ގުޅިފައިވާ ޕާޓީތަކަށް ބޮޑު އަގުލަބިއްޔަތެއް ލިބޭނެތަން ކަމަށެވެ.
އެކަމަކު އެއީ ކިހާ އަދަދެއްގެ ޕަސެންޓެކޭ ދަންނަވަން މި ވަގުތު ދަތިކަށް ރައީސް ވިދާޅުވިއެވެ.
"މާލޭގައި އެބަޖެހޭ ޑޯޓުޑޯއާ ބައެއް ހަރަކާތްތައް އެބަހުރިި އެއަށް ފަހު ކަނޑައެޅިގެން މި ވެނި ޕަސެންޓެކޭ. އަޅުގަނޑު ފެންނަނީ އައްޑޫ ސިޓީއާ މާލެ ސިޓީން މިހާރު މެޖޯރިޓީ އޮތްތަން،" ރައީސް ވިދާޅުވިއެވެ.
އައްޑޫ، ކުޅުދުއްފުށި އަދި ޅ. އަތޮޅަށް ރައީސް ވަރަށް އަވަހަށް ވަޑައިގަންނަވާނެއެވެ. ރައީސް ވިދާޅުވާ ގޮތުންނަމަ އިންތިހާބު އެއްބުރުން ކާމިޔާބުކުރެވޭނެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ