ތިމަރަފުއްޓާއި އިންވެގެން އޮންނަ ހިރިޔަންފުށީގައި ފަތުރުވެރިކަން ތަރައްގީކުރުމާއެކު ސިޓީ ހޮޓަލެއް އަޅަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވައުދުވެވަޑައިގެންފިއެވެ.
ތ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ތިމަރަފުށީގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެމްޑީޕީއާ އެ ޕާޓީއާ ގުޅިފައިވާ ޕާޓީތަކުން ރާއްޖެއަށް ގެންނަ ބޮޑު ބަދަލާ އެކީގައި އަމާޒު ހިފާފައިވަނީ ފަތުރުވެރިކަން، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފުޅާކޮށް ހުޅުވާލުން ކަމަށެވެ.
ތ އަތޮޅަކީ އޭގެ ނަސީބު ލިބިފައިވާ އަތޮޅެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ އަތޮޅުގައި މަދު ރަށެއް ނޫނިއްޔާ ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރެވިފައެއް ނެތް ކަމަށެވެ.
އެމްޑީޕީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ ތިމަރަފުށީގެ އެއާޕޯޓް އެންމެ ރަނގަޅަށް ހިނގައިގަނެވޭނީ އެ ހިސާބުގައި ފަތުރުވެރިކަން ފައްކާވެގެން ކަމަށެވެ. އެގޮތުން އެ ރަށުގެ ބިންހިއްކާއިރު ރައްޔިތުން އެންމެ ބޮޑަށް އެދެނީ ޖެހިގެން އޮތް ހިރިޔަންފުށި ފަތުރުވެރިކަމަށް ތަރައްގީކުރުން ކަމަށެވެ.
"ހިރިޔަންފުށީގައި ސިޓީ ހޮޓަލެއް އެޅުމަށް އަޅުގަނޑުމެން އިއުލާންކުރާނަން" ރައީސް ސޯލިހު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެ ރަށް ކައިރީގައި އޮތް ކަނިމީދޫ ރިސޯޓަކަށް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ ލަސްތަކެއް ނުވެ ކަނިމީދުގައި ޓޫރިޒަމް ތަރައްގީ ކުރުމަށްޓަކައި ބިޑަށް ހުޅުވާލާނަން" ރައީސް ވިދާޅުވިއެވެ.
ހަނގުރާމައާ ގުޅޭ ވާހަކައެއް އެމެރިކާ މަންދޫބާއެކު ނުދައްކާނަން
ބޯހިޔާވަހިކަން ލިބުމުން ސަރުކާރަށް ބިންކޮޅު ދޭން ނުޖެހޭ ގޮތް ހަދަނީ
މަރުގެ އަދަބު ތަންފީޒު ކުރުމުގެ ބިލް މި ދައުރު މަޖިލީހަށް ހުށަހަޅާނެ
ރައްޔިތުން މަޖިލީހުގެ ވަކި ޕަސެންޓެއް ޒުވާނުންނަށް ހާއްސަކުރަނީ
ކުރީގެ މޭޔަރު އާދަމް މަނިކުގެ ތާއީދު ޖަލީލަށް
ހަނގުރާމައިގެ ސަބަބުން 85 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެދާނެ