މި ސަރުކާރު އޮތީ ބަނގުރޫޓްވެފައި ކަމަށް ބުނެ ވާދަވެރި ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހޫނު ރައްދެއް މިއަދު ދެއްވައިފިއެވެ.
ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕޭނު ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ކިނބިދޫގެ ރައްޔިތުންނާ މުހާތަބަކުރައްވާ ވާހަކަފުޅު ދައްކަަވަމުން ރައީސް ވިދާޅުވީ ވާދަވެރި ކެންޑިޑޭޓުން ކެމްޕޭނުގައި އެމަނިކުފާނުގެ ސަރުކާރަކީ ބަނގުރޫޓްވެފައިވާ ސަރުކާރެއް ކަމަށް ބުނަމުންދާ ކަމަށެވެ. އެކަމަކު ހަމަ އަނެއްކޮޅުން އެ ކެންޑިޑޭޓުން ފުލުފުލުގައި ވައުދުތައްވެސްވަމުންދާ ކަމަށެވެ.
"ބަނގުރޫޓްވެފައި އޮތް ސަރުކާރެއްގެ ވާހަކަ ދައްކަނީ، ފައިސާއެއް ނެތޭ، 2025 ވަނަ އަހަރުވެސް ބަނގުރޫޓްވާނެޔޭ، 2026 ވެސް ބަނގުރޫޓްވާނެޔޭ، އެހެން ނަމަވެސް ހަމަ ލިސްޓު ހިފައިގެން އަރާ ވައުދުތައް، މިއީ ސަރުކާރުން ކުރާނެ ހަރަދުތައް ނޫންތޯ، ހަމަ ގައިމުން ފައިސާ ހުރިކަން އެނގިގެން ނޫންތޯ، ފައިސާ ލިބޭނެކަން އެނގޭނެތީ ނޫންތޯ އެ ވާހަކަ ދައްކަނީ،" ރައީސް ސުވާލު އުފެއްދެވިއެވެ.
އެއަށް ފަހު އެމަނިކުފާނު ވިދާޅުވީ "އެހެން ނޫންނަމަ އެ ހައްދަވަނީ އިތުރުފުޅެއް" ކަމަށެވެ. ރައްޔިތުން އެކަމާ ވިސްނަން އިލްތިމާސް ކުރައްވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ވައުދުތައްވެ ވަޑައިގަންނަވަމުން ގެންދަވަނީ ފުއްދޭނެކަމުގެ ޔަގީންކަން އޮތުމުން ކަމަށެވެ. އަދި ބޭނުންވާ ފައިސާވެސް ލިބޭނެކަމުގެ ޔަގީންކަންވެސް އޮތުމުން ކަމަށެވެ.
"އެ ބޭފުޅުން އެ ވިދާޅުވާހެން ބަނގުރޫޓްވެފައި އޮތް ސަރުކާރެއްގެ ވާހަކައެއް ނޫން މި ދައްކަނީކީ، ފުދުންތެރި ސަރުކާރެއްގެ ވާހަކައެއް ނުން މިދައްކަނީ،" ވާދަވެރިންނަށް ބަހުގެ ހަމަލާތައް ފޮނުއްވަމުން ރައީސް ވިދާޅުވިއެވެ.
ބިންވެރިޔާ އިން ލިބުނު ގޯތި ދޫކޮށްލުމުން ފްލެޓަށް އެދެވޭ ގޮތް ހަދަނީ
އިންޑިއާގެ ތެޔޮ ކުންފުނިތަކަށް ގެއްލުން ކުޑަކުރަން ޑިއުޓީ ކުޑަކޮށްފި
ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 116 ޑޮލަރަށް އަރައިފި
ރިސޯޓުތަކަށް ލިބޭ ދަތިތަކަށް ބީއެމްއެމްލް އިން އެހީވަނީ
ހުޅުމާލޭގައި ތަރައްގީކުރާ ޕާކިން ބިލްޑިންގެ މަސައްކަތް ފަށައިފި