ގދ. ގައްދޫ ކައިރީގައި އޮންނަ ފަޅުރަށެއް ކަމަށްވާ ގަން ގައްދޫގެ ރައްޔިތުންނާ ހަވާލުކުރައްވާނެ ކަމަށް ޕިިީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ.
މުއިއްޒު އެހެން ވިދާޅުވީ ދެކުނު އަތޮޅުތަކަށް ކުރައްވަމުންގެންދަވާ ކެމްޕޭނު ދަތުރުގައި މިއަދު ގައްދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުންނެވެ. ގައްދޫ ރައްޔިތުން މުއިއްޒު ގާތު އެދިވަޑައިގެންނެވީ އެއާޕޯޓް އިތުރަށް ތަރައްގީކޮށްދިނުން އަދި ގަން އެ ރަށުގެ ބައެއްގެ ގޮތުގައި ހިމަނައިދިނުމެވެ.
މުއިއްޒު ވިދާޅުވީ ގަމަކީ ސާފިން ޓޫރިޒަމްގެ މަންޒިލަކަށް ހައްދަވާނެ ކަމަށެވެ.
"އެވޭލާ ޒަމާނުއްސުރެ ތިޔަ ބޭފުޅުންގެ ބައެއް ގޮތުގައި، ރަށެއް ގޮތުގައި އޮންނަ ގައްދޫގެ ރަށެއް ގޮތުގައި އޮންނަ ގަމަކީ މި ރަށުގެ ރައްޔިތުންގެ ރަށެއްގެ ގޮތުގައި ކަނޑައަޅާނަން،" މުއިއްޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ގަމަކީ ގައްދޫގެ އިހުތިސާސުގެ ތެރެއަށް ގެނައުމުން އޭގެ ނަފާ އަތޮޅުގެ ހުރިހާ ރައްޔިތުންނަށް ވާނެ ގޮތަށް ބައްޓަން ކުރެވިގެންދާނެ ކަމަށެވެ. އަދި ވައުދުވެވަޑައިގެންނެވީ އެއީ އިގްތިސާދީ ފައިދާކުރުވަނިވި ތަނަކަށް ހައްދަވައިދެއްވާނެކަމެވެ.
މާވަރުލު އެއާޕޯޓާ ގުޅޭ ގޮތުން މުއިއްޒު ވިދާޅުވީ އެއާޕޯޓް އިތުރަށް ތަރައްގީކޮށްދެއްވާނެ ކަމަށެވެ. އަދި ހަމައެއާއެކު ފްލައިޓްތައް ވެސް އިތުރުކޮށްްދެއްވާނެކަމުގެ ޔަގީންކަންވެސް މުއިއްޒު ގައްދޫ ރައްޔިތުންނަށް ދެއްވިއެވެ.
ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް އަހުމަދު މުހައްމަދު
ފަސް ސިޓީގެ އަންހެނުން ކޮމެޓީގެ ރައީސާކަންވެސް އެމްޑީޕީއަށް
އުމްރާގެ އަޅުކަމަށް ރައީސްގެ ދެކަނބަލުން މާދަމާ ސައުދީއަށް
އިންތިހާބުގެ ނަތީޖާއަށް އިހުތިރާމް ކުރަން: ރައީސް
މޭޔަރުންގެ ގޮނޑިތައް މިހާރުވެސް ތިއްބެވި އެމްޑީޕީގެ މޭޔަރުންނަށް
މުއިޒް ވާ ވައުދު ނުފުއްދާނެކަން މިހާރު އެއްމެނަަަށް ސާފް.
ބޭބެ