ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ރިޔާސީ ޓިކެޓުގައި ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ޒުވާނުން ހިމަނައި، ޒުވާނުންނަށް ގިނަ ކަންތައްތަކެއް ކޮށްދިނުމަށް ހިމަނައިފިއެވެ.

އެގޮތުން އެ މެނިފެސްޓޯގައި އިންޓަރނެޓް މެދުވެރިކޮށް ވިޔަފާރި ކުރުމަށް މަގުފަހި ކޮށްދިނުމުގެ ގޮތުން އޮންލައިން ޕޭމަންޓް ސިސްޓަމްތައް މެދުވެރިކޮށް ފައިސާ ފޮނުވުމާއި ފައިސާ ލިބުން ހަމަޖެއްސުން ހިމަނާފައިވެއެވެ. އޭގެތެރޭގައި ދުނިޔޭގެ މަޝްހޫރު އީވޮލެޓުތައް ކަމަށްވާ ޕޭޕެލް ، ޕެއޮނިއ،ާ ސްޓްރައިޕ،ް ސްކްރިލް އަދި ނެޓެއްލާ ފަދަ ޕްލެޓްފޯމްތައް ހިމެނެއެވެ.

ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކުރެވެމުންދާ އީކޮމާސް ޕްލެޓްފޯމްތައް މެދުވެރިކޮށް ދިވެހިންނަށް ތަކެތި ވިއްކޭނެ އިންތިޒާމު ހަމަޖެއްސުން ހިމަނާފައިވެއެވެ. މީގެތެރޭގައި ދުނިޔޭގެ މަޝްހޫރު ޕްލެޓްފޯމުތައް ކަމަށްވާ އެމޭޒަން އީބ،ޭ ޝޮޕިފައ،ި ޝޮޕީ އަދި ލަޒާޑާ ހިމެނެއެވެ.

ޑރ. މުއިއްޒުގެ މެނިފެސްޓޯގައި ޒުވާނުންނަށް ކޮށްދޭން ރާވާފައިވާ އިތުރު ކަންކަމުގެ ތެރޭގައި ވަޒީފާއެއް އަދާކުރަން ބޭނުންވާ ކޮންމެ ދިވެހި ޒުވާނަކަށ،ް އެޒުވާނެއްގެ ތައުލީމާއި ތަޖުރިބާ އަދި ހުނަރާ އެކަށޭނަ ރަނގަޅު އާމްދަނީއެއް ލިބޭނެ މިންވަރަށް ، 5 އަހަރުގެ ތެރޭގައ،ި ވަޒީފާގެ ބާޒާރު ފުޅާކުރުމަށް ހިމަނާފައިވެއެވެ.

އަދި ހަމައެއާއެކު ސިވިލް ސާވިސްގެ މުސާރައިގެ އޮނިގަނޑަށް ބޮޑެތި އިސްލާހުތައް ގެނެސް ޒުވާން އަދި ތަޢުލީމީ މުވައްޒަފުންނަށް ލިބޭ މުސާރަ ބޮޑުތަނުން އިތުރު ކުރުމަށްވެސް ހިމަނާފައިވެއެވެ.

ޑރ. މުއިއްޒުގެ މެނިފެސްޓޯގައި ޒުވާނުންނަށް ހުރި ބައެއް އިތުރު ކަންކަން:

  • އެއްގަމު އުޅަނދުފަހަރުގައި ޕާކިން ސްޓިކާ ޖަހައިގެން ކޮށްފައިވާ ޖޫރިމަނާ މައާފުކޮށް ދިނުން
  • ފޮރެކްސް ޓްރޭޑިންގް އާއި ކްރިޕްޓޯ ކަރަންސީ ޕްލެޓްފޯމްތަކަށް ފަސޭހައިން އެކްސެސް ލިބ،ި އެ ޕްލެޓްފޯމްތައް މެދުވެރިކޮށް ދިވެހީންނަށް ޓްރޭޑް ކުރެވޭނެގޮތް ހަމަޖައްސައިދިނުން.
  • އަލަށް ފެށޭ ސޯޝަލް ހައުސިން ސްކީމްތަކުގައ،ި ޒުވާން އާއިލާތަކަށް ހާއްސަ ކުރެވިގެން ދެ ކޮޓަރީގެ 3,000 އެޕާޓްމަންޓް ހިމެނުން.
  • ދިވެހި އުފެއްދުންތެރިންނާއި ހުނަރުވެރިންގެ ފިކުރީ މުދާ ހިމާޔަތްކުރުން.
  • ގައުމީ އެތުލީޓުންގެ މުސާރަ ބޮޑުކުރުމާއެކު އެ އެތުލީޓުންގެ ގައުމީ ހިދުމަތުގެ އަގު ދެމެހެއްޓެނިވި ގޮތެއްގައި ވަޒަންކުރެވޭނެ ހަރުދަނާ އިންތިޒާމެއް ގާއިމުކުރުކަށްޓަކައ،ި ހާއްސަ އިންސެންޓިވްސް ސްކީމެއް ތައާރަފުކުރުން