ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރެއްވުމަށް ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ނިންމަވައިފިއެވެ.
ސިރާޖު އެމްޑީޕީން ވަކިވެވަޑައިގަތުމަށް ނިންމާ އެކަމުގެ ސިޓީ އެޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލަށް މިއަދު ވަނީ ފޮނުވައިފައެވެ.
ސިރާޖުގެ ޓްވީޓާގައި އާއްމު ކޮށްފައިވާ އެ ސިޓީގައި އޭނާ ވިދާޅުވެފައި ވަނީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި އިތުރަށް ހުންނަން ބޭނުންފުޅު ނުވާ ކަމަށެވެ. އެހެންކަމުން އެޕާޓީގެ ދަފްތަރުން އޭނާ އުނި ކޮށްދެއްވުމަށް ސިރާޖު ވަނީ އެދިވަޑައިގެންފައެވެ.
ސިރާޖުގެ ޓްވީޓާގައި މިރޭ ޑރ. މުއިއްޒާއެކު ހުންނެވި ފޮޓޯއެއް ޕޯސްޓުކޮށް ވިދާޅުވީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓު މުއިއްޒަށް ތާއީދު ކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި 2018ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ލ. އަތޮޅުގެ މެޖޯރިޓީ އެމްޑީޕީ އަށް ލިބުނު ކަމުގައިވީ ނަމަވެސް މިފަހަރުގެ އިންތިހާބުގައި އެކަން ބަދަލު ވާނެ ކަމަށެވެ.
"2018 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ލާމު އަތޮޅުން އެމްޑީޕީ ކެނޑިޑޭޓް ކުރި ހޯދިކަމުގައިވިޔަސް މިއިންތިހާބުގައި އަޅުގަނޑުމެން އެކަން ބަދަލުކުރާނަން،" ސިރާޖު ވިދާޅުވިއެވެ.
އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަނެއް އޮތްއިރު ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނާއި ސިރާޖު ގުޅިވަޑައިގަތުމަށް ނިންމިކަމުގެ އަޑުތަކެއް ވެސް ފެތުރިގެން ދިޔައެވެ. އެހެންނަމަވެސް އެޕާޓީގެ ރިޔާސީ ޕްރައިމަރީގައި ސިރާޖު ތާއީދު ކުރެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށެވެ.
ސިރާޖު އެމްޑީޕީން ވަކިވެވަޑައިގެންނެވިއިރު އޭނާ ވަނީ ރައީސް ސޯލިހުގެ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ހިލޭ ގޯތި ދިން މައްސަލާގައި ފާޑު ވިދާޅުވަމުންނެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް