ހުޅުމާލެ ދެވަނަ ފޭސްގެ ފަޅު ތެރޭގައި ހުރި އުޅަނދުތައް ނަގަން އާބަންކޯ އިން އަންގައި އިއުލާންކޮށްފިއެވެ.
އާބަންކޯ އިން މިއަދު އާއްމުކޮށްފައިވާ އިއުލާނުގައި ބުނީ، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފަޅުގައި ހިންގުމަށް ހަމަޖެހިފައިވާ ޕޮރޮޖެކްޓަކަށް ފަޅުތެރޭގައި އަޅާފައިވާ އުޅަނދުތަކާއި އަޑިއަށް ގޮސްފައިވާ އުޅަނދުތައް އެސަރަހައްދުން ނެގުމަށް ބޭނުންވާ ކަމަށެވެ.
އެ އުޅަނދުތައް އޮތް ސަރަހައްދުގެ ހިމެނޭ މެޕެއް އެ ކުންފުނިން އާއްމުކޮށްފައިވެއެވެ.
އުޅަނދުތަކުގެ ވެރިފަރާތެއްވާނަމަ މިއަދުން ފެށިގެން 10 ދުވަސް ތެރޭގައި އެ ކުންފުނީގެ ހޮޓްލައިން 1516 އަށް ގުޅުއްވައި މައުލޫމާތު ސާފާކުރުމަށް ފަހު އުޅަނދުތައް ނެގުމަށް އާބަންކޯއިން އިލްތިމާސް ކުރެއެވެ.
މުއްދަތުގެ ތެރޭގައި އުޅަނދުތައް ނުނަގާނަމަ ކ. ތިލަފުއްޓާއި ކ. ގުޅިފަޅު ފަޅުތެރެއަށް ދޫކޮށްލާފައިވާ އުޅަނދުފަހަރާއި ތަކެއްޗާއި މެދު އަމަލުކުރުމުގެ އުސޫލުގެ ދަށުން އުޅަނދުތަކާއި މެދު އަމަލުކުރެވޭނެ ކަމަށް އާބަންކޯގެ ބަޔާނުގައި ބުންޏެވެ.
ހުޅުމާލެ އިން ހިއްކަނީ ހުޅުމާލޭގެ ދެ ފޭސް ގުޅުވާލާ ބްރިޖުތައް ހުންނަ ޓަނަލުގެ ހުޅަނގު އުތުރުކޮޅަށް ނިމޭ ހިސާބުން ފެށިގެން އުތުރަށް އޮތް މުޅި ފަޅެވެ.
މި ސަރަހައްދަކީ ހުޅުމާލެ މާސްޓާ ޕްލޭނުގައިވާ ގޮތުން ނަމަ ކްރޫޒް ލައިނާތަކަށް ހާއްސަ ކޮށްފައިވާ ބަނދަރެކެވެ.
ކައުންސިލް އިންތިހާބާއެކު ހިޔާލު ހޯދުމުގެ ވޯޓު ނަގަނީ
އިލެކްޝަނަށް ރިފްއަތު އައްޔަންކުރަން ފެންނަ ކަމަށް ކޮމެޓީން ނިންމައިފި
ހުޅަނގު އައްސޭރީގެ ބިންތަކާ ގުޅޭ ނިންމުން ރާއްޖޭން ކުށްވެރިކޮށްފި
ގައުމު އަތުވާނީ ދެފުށް ފެންނަ ނިޒާމަކުން އިދާރާތައް ހިންގައިގެން
ކުރިޔަށް އޮތް ފަސް ދުވަހު ވެސް ވައި ނުސާފު ވާނެ: މެޓް
ވަގުތީ ގޮތުން ފެނަކަ ސައީދު ގޭބަންދަށް ބަދަލުކޮށްފި