ވެރިކަން ލިބިވަޑައިގެންފި ނަމަ މި ސަރުކާރުން ބަދަލުކޮށްފައިވާ ސްކޫލުތަކުގެ އަހަރީ ޗުއްޓީ މީގެކުރިން އޮތް ގޮތަށް ޑިސެމްބަރު މަހަށް ބަދަލު ކުރައްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެމްޕެއިނަށް ދ. ކުޑަހުވަދޫ އަށް ވަޑައިގެން އެރަށުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ 2025ވަނަ އަހަރުން ފެށިގެން ސްކޫލުތަކުގެ ކިޔެވުން ޖެނުއަރީ މަހު ފަށާ ގޮތަށް ބަދަލުކޮށް، ޑިސެމްބަރު މަހަށް ބޮޑު ޗުއްޓީ ބަދަލު ކުރައްވާނެ ކަމަށެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދިރާސީ އައު އަހަރު އަހަރުގެ މެދު ތެރޭގައި ފަށާ ގޮތަށް ނިންމީ ކޮވިޑް19ގެ އާލަމީ ވަބާގެ ސަބަބުންނެވެ. ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ވިދާޅުވާ ގޮތުގައި އެ ބަދަލުގެ ސަބަބުން ބެލެނެވެރިންނާއި ދަރިވަރުންނަށް ގިނަ ތަކުލީފުތަކެއް އުފުލަން ޖެހޭ ކަމަށެވެ.
ސަބަބެއްގެ ގޮތުގައި މުއިއްޒު ވިދާޅުވީ މިހާރު ބޮޑު ޗުއްޓީ އަންނަނީ ރާއްޖެ އަށް ހުޅަނގު މޫސުން ފެށޭ ދުވަސްވަރު ކަމަށާއި އެހެންކަމުން ބަންދުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ނުހިފޭ ކަމަށެވެ.
" އެ ބަދަލުގެ ސަބަބުން ބޮޑު ބަންދުގެ ބޭނުމެއް ނުހިފޭ. އާއިލާތަކަށް އޭގެ ބޭނުމެއް ނުހިފޭ،" މުއިއްޒު ވިދާޅުވިއެވެ.
"ނަގަން ޖެހޭ ފިލާވަޅުތައް ނަގައިގެން އަނބުރާ ގެންދެވޭނީ 2025 ގެ ޖެނުއަރީގައި ފެށިގެން އަހަރު ކުރިން އޮތް ގޮތަށް ބަދަލު ކުރެވޭނީ،"
މި ޖަލްސާގައި އިތުރަށް ވާހަކަދައްކަވަމުން މުއިއްޒު ވަނީ އެމަނިކުފާނު ގެންގުޅުއްވަނީ ރައީސް ޔާމިނުގެ ސިޔާސަތާއި އެމަނިކުފާނުގެ މެނިފެސްޓޯ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ސިއްހީ ދާއިރާ އަށް އިންގިލާބީ ބަދަލެއް ގެނެސްދެއްވި ރައީސަކީ ރައީސް ޔާމީން ކަމަށް މުއިއްޒު ފާހަގަކުރެއްވިއެވެ. މުއިއްޒު ވަނީ އެމަނިކުފާނުގެ ވެރިކަމެއްގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަމުގައި އެއާ އެމްބިއުލަންސް ތައާރަފު ކުރައްވާނެ ކަމަށެވެ.
ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
ޗެޓް ޖީޕީޓީ ގޯ އިންޑިއާގައި ހިލޭ