މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ޖަލުހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޭބަންދަށް ބަދަލުކުރަން ނުވަތަ ބަދަލުކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަ ކަރެކްޝަނުން ދޮގުކޮށްފިއެވެ.
ޔާމީން، ގޭ ބަންދަށް ބަދަލުކޮށްދޭން ހޯމް މިނިސްޓްރީން ކަރެކްޝަންސްއަށް އެންގި ކަމަށް ބުނެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.
އެ ވާހަކަތަކާއި ގުޅިގެން ކޮމިޝަނަ އޮފް ޕްރިޒަން އަހުމަދު މުހައްމަދުފުޅު ވިދާޅުވީ ޔާމީން ގެއަށް ބަދަލުކުރި ކަމަށް ބުނެ ދެކެވޭ ވާހަކަ އަކީ ސައްހަ މައުލޫމާތެއް ނޫން ކަމަށެވެ. ކަރެކްޝަންސްގެ އޮފިޝަލަކު "ހަތާވީސް"އަށް ވިދާޅުވީ ޔާމީން ގެއަށް ބަދަލުކޮށްދޭން ވެސް ކަރެކްޝަނުގައި ހޯމް މިނިސްޓްރީން އެދިފައިވެސް ނުވާ ކަމަށެވެ.
ޔާމީން ގެއަށް ބަދަލު ކޮށްދިނުމަށް އެދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަރިހުގައި ދަންނަވާފައިވާނެ ކަމަށާއި އެކަމާއި މެދު ވިސްނަވާނެ ރައީސް ވިދާޅުވި ކަމަށް ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ފަރާތުން ވާދަ ކުރައްވާ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.
އާރަށުގެ މައްސަލާގައި އެންމެ ފަހުން ހައިކޯޓުގައި ބޭއްވި އަޑު އެހުމުގައި ޔާމީން ވަނީ ވަގުތު ގެއަށް ދޫކޮށްދެއްވުމަށާއި އިހުސާންތެރިވުމަށް އެދިވަޑައިގެންފައެވެ.
"ޖިސްމާނީ ގޮތުން އަޅުގަނޑުގެ ނުކުޅެދުންތެރިކަން އެބަހުރި. މި ހުރީ އެންމެ ޒުވާން އުމުރެއްގައެއް ނޫން. އަޅުގަނޑަށް ކުރަން ޖެހޭ ކަސްރަތުތައް މި ވަގުތު ކުރުން ވަނީ މަނާވެފައި. އަޅުގަނޑު ޖެހެނީ މޫދަށް ދާން، އެކަމަކު މާފުށި ހިއްކާތީ އެކަމަށް ހުއްދައެއް ނުލިބޭ،" ޔާމީން ވިދާޅުވިއެވެ.
ސިއްހީ މައްސަލަތަކެއް ހުރިނަމަވެސް ހޮސްޕިޓަލްގައި އެޑްމިޓް ނުވެ ހުންނެވީ އާއިލާއަށްޓަކައި ކަމަށް ޔާމީން ވިދާޅުވިއެވެ.
ފަސް ތަރީގެ ބްރެޒިލަކަށް މޮރޮކޯގެ ކައިރިން ކުރިއެއް ނުލިބުނު
ޒީނާޒަށް ހެލްތުގެ ސްޓޭޓު މިނިސްޓަރުކަން ދީފި
އަމިއްލައަށް އިސްނަގައިގެން ލޭ ހަދިޔާކުރުމަކީ ބޭނުންތެރި ކަމެއް
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ނަޝީދު އިންތިހާބުވެއްޖެ
އެމްޑީޕީގެ ޗެއާޕާސަން ހޮވަން ވޯޓުލާން ފަށައިފި
މެކްސިކޯއާއި ދެކުނު ކޮރެއާއިން ގްރޫޕް އޭގެ ކުރި ހޯދައިފި