ޕީޕީއެމް/ޕީއެންސީގެ ސެނެޓުގެ އަގުލަބިއްޔަތު މެންބަރުންގެ ވިސްނުމާއި އެއްގޮތަށް ކުރިޔަށް އޮތް ރިޔާސީ އިންތިހާބު ބޮއިކޮޓު ނުކުރުމަށް ނިންމާ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރެއްވުމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމީން ނިންމަވައިފިއެވެ.
އެކަން ހާމަކުރެއްވީ ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. މުހައްމަދު ޖަމީލް އަހްމަދު ކުރެއްވި ޓްވީޓެއްގައެވެ.
ޖަމީލް ކުރެއްވި ޓްވީޓުގައި ވަނީ މުއިއްޒު އާއި އެމަނިކުފާނުގެ ރަނިންމޭޓު ހުސައިން މުހައްމަދު ލަތީފަށް މަރުހަބާ ވިދާޅުވެފައެވެ. ޕްރޮގެސިވް ކޮންގްރެސް ކޯލިޝަނަށާއި އަދި ދިވެހި ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތަކީ، ޕްރޮގްރެސިވް ކޮންގްރެސްގެ ސެނެޓާއި އާއްމު މެންބަރުންނާއި، ލައްކައަކަށްވުރެ ގިނަ ދިވެހި ރައްޔިތުންގެ އެދުމާއި އެއްގޮތަށް ކޯލިޝަންގެ ފަރާތުން ކެންޑިޑޭޓަކު އިންތިހާބުގައި ވާދަކުރެއްވުން ކަމަށް ވެސް ޖަމީލް ވިދާޅުވިއެވެ.
"ސެނެޓްގެ ވިސްނުމާއި އެއްގޮތަށް ރައީސްޔާމީން ވަނީ އެމަނިކުފާނުގެ ވިސްނުންފުޅު ބަދަލު ކުރައްވާފައެވެ،" ޖަމީލް ވިދާޅުވިއެވެ.
ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް މިއަދު ވަނީ ފޯމު ހުށަހަޅުއްވައިފައެވެ.
އިލެކްޝަންސް ކޮމިޝަނުގެ އިންތިހާބީ މައި މަރުކަޒަށް ވަޑައިގެން މުއިއްޒު ފޯމު ހުށަހެޅުއްވިއިރު އަރިހުގައި ރަނިންމޭޓު ހުސައިން މުހައްމަދު ލަތީފު އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް (އަދުރޭ) އަދި ޕީޕީއެމްގެ އެސްޖީ ތޮލާލު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ
ބޮޑު ވެގެންވާ ދޮގެއް ނޫނީ ތިޔަޖަމީލު ނުބުނާނެ
އަހުމަދު