ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ޕީއެންސީން ވާދަ ކުރާ ކެންޑިޑޭޓަކަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހޮވައިފިއެވެ.
ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރަން ޝައުގުވެރިކަން ފާޅު ކުރައްވާފައި ވަނީ ދެ ބޭފުޅެކެވެ. އެއީ މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރެވެ.
ޕީޕީއެމް އޮފީހުގައި ބޭއްވި ޕީއެންސީގެ ސެނެޓު ބައްދަލުވުމުގައި ބައިވެރިވިވަޑައިގެންނެވި 48 މެންބަރުންގެ ތެރެއިން ޕީއެންސީގެ ކެންޑިޑޭޓަކަށް މުއިއްޒު ހޮވީ 25 މެންބަރުންހެ ވޯޓުންނެވެ. އާދަމް ޝަރީފަށް ލިބިވަޑައިގަތީ 23 ވޯޓެވެ.
ޕީއެންސީން ކުރިޔަށް އޮތް ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރުމަށް ނިންމީ އިދިކޮޅު ލީޑަރު ޔާމީންގެ އެދިލެއްވުމަކަށެވެ.
ބީއެމްއެލްގެ ހައުސިން ޕްރޮޖެކްޓަށް 720 ޔުނިޓު އިތުރުކުރަނީ
ފަސް ކޮންޓެއިނަރުގެ ތެރެއިން ދެ ކޮންޓެއިނަރު ފެނިއްޖެ
ރައީސް މުއިއްޒު އަދި ސަރުކާރާ ގުޅޭ ބޮޑު ތުހުމަތެއް މުންދު ދޮގުކޮށްފި
ހުޅުމާލޭ އެޕާޓުމަންޓެއްގައި ހަމަނުޖެހުން ހިންގި ބަޔަކު ހައްޔަރަށް
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން