މިއަދު މެންދުރު ހުޅުމާލެ މަތިން، އާދަޔާ ހިލާފަށް ތިރިން ދަތުރުކޮށްފައިވަނީ ހަނގުރާމަ މަތީ ޖެޓްތަކެއް ކަމަށް އެމްއޭސީއެލުން ބުނެފިއެވެ.
މެންދުރު 12 ޖެހިހާއިރު ހުޅުމާލެ މަތިން ވަރަށް ބާރުގަދަ އަޑުފައްގަނޑަކާއެކު އެއްޗެއް އުދުހިފައި ދިޔަ އަޑެއް އިވުނެވެ. ބެލެވޭ ގޮތުގައި އެ ދިޔައީ އެއާޕޯޓުގައި ޖައްސާށެވެ. މަންޒަރު ދުށް ބައެއް މީހުން ބުނާ ގޮތުންނާއި ޝޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކުން ފެންނަ ގޮތުން އެ ޖެޓްތައް އުދުހިފައި ދިޔައީ ވަރަށް ތިރިންނެވެ.
"ވަރަށް އަޑުގަދަ. އެހާ ތިރިން ދިޔައީ. އަޑުގަދަކަމުން ކުޑަކުދިން ވެސް ބިރުގަތް" މަންޒަރު ދުށް މީހަކު "ހަތާވީސް" އަށް ކިޔައިދިނެވެ.
ވެލާނާ އެއާޕޯޓް ހިންގާ ކުންފުނި، އެމްއޭސީއެލްގެ މީޑިއާ އޮފިޝަލް ޝައްމާން ޝާކިރު އެމްއޭސީއެލްގެ އޮފިޝަލަކު "ހަތާވީސް" އަށް ވިދާޅުވީ އެއާޕޯޓަށް ފްލައިޓްތައް ޖައްސަނީ އޭވިއޭޝަންގެ އޮތޯރިޓީގެ ހުއްދަ ލިބިގެން ކަމަށެވެ. އެ ހުއްދަ ދިނުމުން އެ އުޅަނދަކަށް ހިދުމަތްދެމުންދާ ކަމަށް ޝައްމާން ވިދާޅުވިއެވެ. މިއަދު ޖެއްސި ޖެޓްތަކަކީވެސް ހުއްދަ ލިބިގެން ޖެއްސި ޖެޓްތަކެކެވެ. އެކަމަކު އެ މަތިންދާ ބޯޓަށް ދިނީ ކޮން ހިދުމަތްތަކެއް ކަމެއް އޭނާއެއް ނުބުނެއެވެ.
އެނގިފައިވާ ގޮތުން ހުޅުމާލެ މަތިން ދަތުރުކޮށްފައިވަނީ އިޓާލީ އެއާފޯސްގެ ހަތަރު މަތިންދާ ބޯޓެވެ.
އެމްޑީޕީ ހިންގުމަށް ހެޔޮ ބަދަލު ގެނައުމަށް ކޮމެޓީއެއް
އިންޑިއާ-ރާއްޖެ: އިގްތިސާދީ ގުޅުން ބަދަހިކުރުމުގެ ބައްދަލުވުމެއް
މާފަންނުގައި ހުރި ގެއެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި
ގާނޫނާ ހިލާފަށް ކުނި އުކަމުންދިޔަ ދެ ބިދޭސީން ހިފަހައްޓައިފި
ހދ. އަތޮޅުގެ ރަށްތަކުން ބޯޑެއް އެކުލަވާލުން ހުއްޓާލަން އަންގައިފި
ސިވިލް ކޯޓުގެ ގާޒީ ކަމަށް ބޮޑު ތަރުހީބެއް، 42 މީހަކު ކުރިމަތިލައިފި