މިހާރު މާލެ ސަރަހައްދުގައި ފެތުރެމުން އަންނަ ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާ އާއި ގުޅޭ އެއްވެސް ބޭހެއް ލިބުމުގައި ދަތި ކަމެއް ނެތް ކަމަށް އެސްޓީއޯ އިން ބުނެފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ ރެއިން ފެށިގެން މާލެއިން ކުއްލިއަކަށް ޑައިރިއާ އާއި ބަނޑުގައި ރިއްސުން އިތުރުވެފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބު ދެނެގަތުމުގެ މަސައްކަތް އެޗްޕީއޭ އިން ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ.
މި ރޯގާއާ ގުޅޭ ގޮތުން ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި އަންނަނީ އެ ރޯގާއާ ގުޅުންހުރި ބޭސްތައް ލިބުމުގައި ދަތިތަކެއް އުޅޭ ކަމަށް ބުނެފައެވެ.
އެހެންނަމަވެސް ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯ އިން ބުނީ މާލެ ސަރަހައްދުގައި މިހާރު ފެތުރެމުންދާ ރޯގާއާއި ގުޅިގެން އެސްޓީއޯގެ ފާމަސީތަކުން ބޭސްގަނަގާ މިންވަރު އިތުރުވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެސްޓީއޯއިން ބޭސް އެތެރެކުރަމުންދަނީ ސިއްހީ ޚިދުމަތްދޭ ފަރާތްތަކާއި ދައުލަތުގެ ކަމާގުޅޭ މުއައްސަސާތަކާ މަޝްވަރާކުރެވިގެން ރާއްޖެއަށް ބޭނުންވާނެ މިންވަރު ދެނެގަނެވި އިސްރާފުވެސް ކުޑަވާނެ ގޮތަށް ބެލި އަދި ބޭހުގެ ފެންވަރާމެދު ސުވާލެއްވެސް ނުއުފުދޭ މިންވަރަށް ބެލިގެން ކަމަށް އެކުންފުނިން ބުންޏެވެ.
”ރާއްޖޭގައި މޫސުމީ ރޯގާތަށް ފެތުރޭ ދުވަސްވަރުތައް ދެނެގަނެވި އެ ދުވަސްވަރަށް ބޭނުންވާ ބޭސްތައް އަބަދުވެސް ހުސްނުވެ މި ކުންފުނިން ފޯރުކޮށްދެވެމުން ދެއެވެ” އެސްޓީއޯ އިން ބުންޏެވެ.
އެކުންފުނިން ބުނީ މިވަގުތު ފެތުރެމުންދާ ހޮޑުލުމާއި ބޭރަށް ހިންގުމުގެ ރޯގާއާއެކު، އެފަދަ ރޯގާތަކަށް އާއްމުކޮށް ދެވޭ ބޭސްތަކުގެ ޑިމާންޑް އިތުރުވެފައިވީނަމަވެސް އެ ކުންފުނިން އެތެރެކުރާ ބޭސްތައް ލިބުމުގައި ދަތިކަމެއް ނެތްކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
ދެކުނުގެ ކަނޑު ބެލުމަށް ދަރުމަވަންތައާ ޑްރޯން ހަރަކާތްތެރިވަނީ
ފައިސަލް ހާމަކުރެއްވީ 10 ރިސޯޓުން ރައްޔިތުންނަށް ފައިދާ ނުދެވޭނެކަން
ރިޔާސީ ބަޔާނަކީ އިންތިހާބަށް، ރައްޔިތުންނަށް ދެއްކި ނަނާ ހުވަފެނެއް
މޮރީޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެނައުމުގެ ސިޓީގައި ސޮއިކޮށްފި
މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއަކު ރައީސްގެ ޕްރެސް ކޮންފަރެންސް
ވަތަނީ ހިދުމަތުން ދަސްވެނިވި ކުދިންނަށް ވަޒީފާތައް ހަމަޖައްސައިދީފި