މާލެ ސަރަހައްދުގައި ކުއްލި އަކަށް ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވެ، ހޮސްޕިޓަލުތައް ފުރިއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ ރެއިން ފެށިގެން މާލެއިން ކުއްލިއަކަށް ޑައިރިއާ އާއި ބަނޑުގައި ރިއްސުން އިތުރުވެފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބު ދެނެގަތުމުގެ މަސައްކަތް އެޗްޕީއޭ އިން ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ.
ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހްމަދު ފައިސަލް ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ މުޅި މާލޭގައި ހޮޑުލުން އިތުރުވެފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ހޮސްޕިޓަލުތަކުގެ އިމަޖެންސީ ރޫމްތައް ފުރިފައިވާ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން ވީހާވެސް ގިނައިން އަތް ދޮވުމަށާއި އަތް ނުދޮވެ ނުކެއުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ.
އޭޑީކޭ ހޮސްޕިޓަލުގެ ޑޮކްޓަރު ނިޔާފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ހޮސްޕިޓަލުގެ އިމަޖެންސީ ރޫމަށް ގެންނަ ބަލި މީހުންގެ ތެރެއިން ގިނަ މީހުންނަކީ ބަނޑުގައި ރިއްސާ ބޭރަށް ހިނގާ ހޮޑުލެވޭތީ ގެންނަ މީހުން ކަމަށެވެ. އޭގެތެރޭގައި ގިނައީ ކުޑަކުދިންނާއި ޒުވާނުން ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން ނިޔާފު ވަނީ ބޯން ބޭނުން ކުރާ ފެނަކީ ސާފު ތާހިރު ފެންކަން ޔަގީން ކުރެއްވުމަށް އިލްތިމާސް ކުރައްވާފައެވެ.
ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި އަންނަނީ މިއީ ޕެރޭޑާއި ފުޅަނދު ބުރު ބަލަން އެއްފަހަރާ އެހާ ގިނަ އަދަދެއްގެ ބަޔަކު ނިކުތުމުން ވީ ކަމެއް ކަމަށް ބުނަމުންނެވެ. އެހެންނަމަވެސް މިމަހުގެ 20ވަނަ ދުވަހު އެޗްޕީއޭ އިން ކުރި ޓްވީޓެއްގައި ވަނީ ބޭރަށް ހިންގުމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު އާއްމު ކޮށްފައެވެ.
ދެކުނުގެ ކަނޑު ބެލުމަށް ދަރުމަވަންތައާ ޑްރޯން ހަރަކާތްތެރިވަނީ
ފައިސަލް ހާމަކުރެއްވީ 10 ރިސޯޓުން ރައްޔިތުންނަށް ފައިދާ ނުދެވޭނެކަން
ރިޔާސީ ބަޔާނަކީ އިންތިހާބަށް، ރައްޔިތުންނަށް ދެއްކި ނަނާ ހުވަފެނެއް
މޮރީޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެނައުމުގެ ސިޓީގައި ސޮއިކޮށްފި
މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއަކު ރައީސްގެ ޕްރެސް ކޮންފަރެންސް
ވަތަނީ ހިދުމަތުން ދަސްވެނިވި ކުދިންނަށް ވަޒީފާތައް ހަމަޖައްސައިދީފި