ދިރާސީ އައު އަހަރާއެކު އަލަށް އިމާރާތްކުރި ތިން ސްކޫލެއްގައި ކިޔަވަން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފިއެވެ.
އެ ތިން ސްކޫލަކީ އަލަށް އެޅި ސީއެޗްއެސްސީއާއި ދަރުމަވަންތައް އަދި ހުޅުމާލޭ ދެވަނަ ފޭސްގައި އެޅި ސަލާހުއްދީން ސްކޫލެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކެރެޓަރީ އަހުމަދު އަލީ ވިދާޅުވީ ދިރާސީ އާ އަހަރު ފެށޭ ދުވަހު އެ ތިން ސްކޫލުގައިވެސް ކިޔެވުން ފަށާނެ ކަމަށެވެ. ދިރާސީ އާ އަހަރު ފަށާނީ އޮގަސްޓު މަހުގެ ހަ ވަނަ ދުވަހުއެވެ.
އެ ސްކޫލުތަކުގެ ތެރެއިން ސަރުކާރުން، ސީއެޗްއެސްސީ ހުޅުމާލެއަށް ބަދަލުކުރަން ސަރުކާރުން ނިންމީ އެ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށެވެ. ސީއެޗްއެސްސީގެ އައު އިމާރާތް ހުންނަނީ ހުޅުމާލެ އައުޓްޑޯ ސްޕޯޓްސް ކޮމްޕްލެކްސް ފުރަގަހުގައެވެ. އެ ސްކޫލަކީ 8 ފަންގިފިލާގެ އިމާރާތެކެވެ.
ސަލާހުއްދީން ސްކޫލަކީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާ ފުރަތަމަ ސްކޫލެވެ. އެ ސްކޫލުގައި ކިޔަވައިދޭނީ އެއް ދަންފަޅިއަށެވެ. އެ ސްކޫލުގައި 44 ކްލާހެއް ހުންނާނެއެވެ.
ޑޮލަރުގެ ބަދަލުގައި ރުފިޔާ އިން މުސާރަ ދޭ ގޮތަށް ބަދަލު ގެންނަނީ
ވިޒިޓް މޯލްޑިވްސް އެމްޑީގެ މަގާމުން ޝިއުރީ އިސްތިއުފާ ދީފި
ލަމްބަގިނީ ދުއްވި ރިފާއުގެ ލައިސަންސް ހިފަހައްޓައިފި
ސިނަމާލެއިން ތިލަމާލެއަށް: ބިޔަ އިންޖިނިއަރިންގެ އިންގިލާބެއް
އިންޑިއާގެ ކޮންސިއުލޭޓު އޮފީހެއް އައްޑޫގައި ގާއިމްކުރަނީ