"ތިއީ ރަށުގެ ހިތް" ފޮޓޯއިން އެ ފެންނަ ގދ. ގައްދޫގެ ކަޅެގަލެކޮޑާ ސިފަކޮށްދެމުން މުހައްމަދު ހަބީބްގެ ވާާހަކަ ފެށިއެވެ. ރާޅާ އެޅުންތެރިންގެ ހިތްވެސް އޮތީ އެތަނުގައެވެ. ސްމައިލީ، ހޫދް އަދި ކަނބޯ އަކީ އެ ރާޅުގަނޑަށް ފަރިތަ މަޝްހޫރު ނަންތަކެވެ. "ލޯކަލް ޓޫރިޒަމަށް ވިސްނާލާއިރުވެސް މި ރަށުގައި އަޅުގަނޑުމެންނަށް ޓޫރިޒަމާ ގުޅުން ހުރި ކަމަކަށްވެސް މިއޮތީ ސާފިން" އެއީ ގައްދޫގެ "ހިތަށް" ވީ ސަބަބު، އާރްޑީސީގެ ގައްދޫ ސައިޓް މެނޭޖަރު ހަބީބް ތަފްސީލުކޮށްދިނެެވެ.

[caption id="attachment_52289" align="aligncenter" width="1280"] ގައްދޫ މަތިން ނަގާފައިވާ ފޮޓޯއެއް[/caption]

މަތިން ފެންނަ ފޮޓޯއަކީ އެ ސަރަހައްދު ހިއްކުމަށް ފަހު އޮތް ގޮތެވެ. އެއީ ކުރިން އެ ރަށުގެ ފުއްޓަރު ފަރާތެވެ. ގަސްތައް އިންދާފައި ހުރި ތަނަކީ ކުރީގައި އެ ރަށު ކުޅިއެވެ. ވެލިލާފައި އެއޮތީ އެ ސަރަހައްދު ހިއްކުމަށްފަހުއެވެ. އެއީ ރަށުގެ "ބެންޑު"އެވެ.
"ގައްދޫގެ އެންމެ ބޮޑު މަޝްރޫއު"
ސާފިން ޕޮއިންޓް ސަރަހައްދަށް އިތުރު ޗާލުކަން ގެނެސްދިނީ މަގުތައް ހެދުމުގައި އަވަދިނެތިކޮށް އުޅެމުންދާ އާރްޑީސީންނެވެ. ގައްދޫ މަގު ޒަމާނީ ފެންވަރަކަށް ތަރައްގީ މަޝްރޫއު އަކީ އާރްޑީސީ އުފެދުމަށް ފަހު އެ ކުންފުންޏާ ހަވާލުކުރެވުނު ފުރަތަމަ މަޝްރޫއުއެވެ. 2019 ވަނަ އަހަރު ސޮޔެކުރި އެ މަޝްރޫއު ފެށުނީ 2020 ވަނަ އަހަރު އޭޕްރީލް މަހުއެވެ.
"މިއީ މިހާތަނަށް ގައްދޫއަށް އައި އެންމެ ބޮޑު ޕްރޮޖެކްޓް، ތަރައްގީގެ ނަޒަރުން ބަލާއިރު މުޅި ރަށް އެއްކޮށް ބަދަލުކޮށްލި ޕްރޮޖެކްޓެއް" ރަށުގެ މަލަމައްޗަށް އައި ބަދަލުތައް ހަބީބް ކިޔައިދިނެވެ. އެ މަޝްރޫއުގެ ދަށުން ރަށް ވަށައި ތާރުއަޅާނެއެވެ. އޭނާ ވިދާޅުވީ ތާރުއަޅާ ނިމެނީ ރަށު ބަނދަރުގެ މަސައްކަތް ނިމުމުން ކަމަށެވެ.
[caption id="attachment_52290" align="aligncenter" width="1024"] ގައްދޫގެ ތާރުއެޅުމުގެ ކުރިން ނަގާފައިވާ ފޮޓޯއަކާއި ތާރުއެޅުމަށް ފަހު ނަގާފައިވާ ފޮޓޯއެއް[/caption]

"މީގައި މި ހިމެނެނީ ހަ ކިލޯ މީޓަރު. ރިންގު ރޯޑުގައި އިންނަނީ ހަތަރު ކިލޯމީޓަރު، އިތުރަށް ރަށު ތެރޭގައި ފަސް މަގެއް ލައިގެން ހަ މަގެއްގައި ތާރުއަޅާނީ" ވިދާޅުވިއެވެ. ހަބީބް ވިދާޅުވީ ގޮތުގައި އާރްޑީސީން ރަށަށް ގެނައި ބަދަލަކީ ރަށުގެ ރައްޔިތުންނަށް ހިނިތުން ގެނުވައި ދިން ކަމެއް ކަމަށެވެ.
"މުހިއްމު ސާފިން ޕޮއިންޓެއް"
ގައުމީ ސާފް ލީގުގެ މި އަހަރުގެ ފުރަތަމަ މުބާރާތް ވަނީ ގައްދޫގައި ބާއްވާފައެވެ. އެ މުބާރާތް ކޮންމެ އަހަރަކުވެސް ފަށަނީ ކަޅެގަލެކޮޑާއިންނެވެ. އެ ރާއްޖޭގެ ގައުމީ ޓީމުގައި އެ ރަށުގެ ރާޅާއެޅުންތެރިން އުޅެއެވެ. މި އަހަުގެ ގައުމީ ސާފް ލީގުގެ މި އަހަރުގެ ފުރަތަމަ މުބާރާތް ބާއްވާފައިވަނީ ވެސް އެރަށުގައެވެ.

މިއަހަރު ބޭއްވި ދިވެހި ސާފް ލީގުވެސް ބޭއްވި އެ ރަށުގައެވެ. ފޮޓޯއިން އެ ފެންނަ ހަޓަކީ ރާޅާއެޅުންތެރިންގެ ހަޓެކެވެ. އެމްޓީސީސީގެ ސީއެސްއާރް ޕްރޮޖެކްޓްގެ ދަށުން އެ ދިމާލުން މުދާ ދިމާލަށް "ސާފު ޗެކެއް" ތަރައްގީ ކުރުމުގެ މަސައްކަަތް ކުރެވެމުންދާ ކަމަށް ހަބީބް ވިދާޅުވިއެވެ.