ގއ. ވިލިނގިއްޔާއި އެ އަތޮޅު ކޫއްޑޫ ބްރިޖަކުން ގުޅާލުމުގެ މަސައްކަތް ސަރުކާރު ކުންފުނި އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
މި ދެ ރަށް ގުޅާލުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. އެ މަސައްކަތުގެ ދިރާސާތައް ވެސް މިހާރު ކޮށްފައިވާއިރު އެ މަސައްކަތް ކުރުމަށް މިއަދު އެމްޓީސީސީއާ ވަނީ ހަވާލު ކޮށްފައެވެ.
"ވިލިނގިއްޔާއި ކޫއްޑޫ ގުޅުވާލުމަކީ އެހާ ބޮޑު ޚަރަދެއް ދާނެ ކަމެއް ނޫން. އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެންގެ ވެރިކަމުގައި އެކަން ތިބޭފުޅުންނަށް ފެނިގެންދާނެ،" ރައީސް ސޯލިހު 2018ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ވިދާޅުވިއެވެ.
https://twitter.com/MoNPHImv/status/1618571403254706181?s=20&t=-R1TKN3gdiz70R8ruFLyOQ
ރައީސްގެ ވައުދާއި އެއްގޮތަށް އެ މަސައްކަތް ފެށުމަށް ސޮއިކުރެވުނުއިރު ގާތްގަނޑަކަށް ހަ މަސް ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާލަން ޖެހެއެވެ. އެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކޮށްފައި ވަނީ 21 މިލިއަން ރުފިޔާއަށެވެ.
މި ދެރަށް ބްރިޖަކުން ގުޅާލައިފި ނަމަ، ވިލިނގިލީގެ ގިނަ ބަޔަކަށް އެކަމުގެ ސަބަބުން ފަސޭހަތަކެއް ލިބިގެން ދާނެއެވެ. އަދި އިގްތިސޯދީ ގޮތުން ވެސް އެރަށަށް ކުރިއެރުންތައް ލިބިގެން ދާނެއެވެ.
ކުރީގެ މޭޔަރު އާދަމް މަނިކުގެ ތާއީދު ޖަލީލަށް
ހަނގުރާމައިގެ ސަބަބުން 85 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެދާނެ
ރާއްޖެ އަށް އެތެރެކުރަން އުޅުނު 11 ކިލޯގެ ޑުރަގު އަތުލައިގެންފި
އެފޯޑަބަލް ހައުސިންގެ 1،224 ފްލެޓުގެ މަސައްކަތް ފަށައިފި
ގިރާވަރުފަޅު ބިން އޭޕްރީލް މަހު ހިއްކާ ނިންމާލެވޭނެ: ރައީސް
މަހުޖަނުގެ ލޯންޗު އެކްސިޑެންޓުގައި އެކަކުގެ އަތް ބުރިވި: ފުލުހުން