އައްޑޫ ސިޓީ ހިތަދޫ އިން ގޯތި ދޫކުރުމަށް އެ ސިޓީގެ ކައުންސިލުން ހުޅުވާލައިފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި މިއަދު ބުނީ އައްޑޫސިޓީ ހިތަދޫ އިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ބޭނުންވާ ފަރާތްތަކަށް ގޯތި ދޫކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން ހުޅުވާލާފައި ވަނީ 1500 އަކަފޫޓުގެ 500 ގޯތި ދޫކުރުމަށެވެ.
ދެ ކެޓަގަރީއަކަށް ބަހާލައިގެން ދޫކުރާ މި ގޯތިތަކުގެ "އޭ" ގްރޭޑުން ގޯތި ދޫކުރަނީ އައްޑޫ ސިޓީ ހިތަދޫ އަވަށުގެ ރައްޔިތުންނަށެވެ. އެގޮތުން 90 ޕަސެންޓު ގޯތި ދޫކުރަނީ ހިތަދޫގެ ރައްޔިތުންނަށެވެ. އެއީ 450 ގޯއްޗެވެ. އެހެން އަވަށްތަކުގެ ރައްޔިތުންނަށް 10 ޕަސެންޓުގެ ގޯތި ދޫކުރުމަށް ވަނީ ނިންމައިފައެވެ. އެއީ 50 ގޯއްޗެވެ.
އިއުލާނުގައި ބުނެފައި ވަނީ އައްޑޫސިޓީ އިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު" ގައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން "ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމު" ފުރިހަމަކޮށް، ފޯމާއެކު ހުށަހަޅަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ އެހެނިހެން ލިޔެކިއުންތަކާއެކު، އަންނަ މަހުގެ 23ވަނަ ދުވަހުގެ ކުރިން ހުށަހަޅަން ވާނެ ކަމަށެވެ.
އިއުލާނުގައިވާ ގޮތުގައި ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ފަސްވަނަ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 09:00 އިން 13:00 އަށެވެ. ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހިތަދޫ އަވަށު އޮފީހުންނެވެ. ގޯއްޗަށް އެދި ހުށަހަޅަންޖެހޭނީ އުސޫލާ އެއްގޮތްވާގޮތުގެމަތިން ފޯމުގެ އަސްލެވެ.
އައްޑޫ ސިޓީ ހިތަދޫ އިން ގޯތި ދޫކުރަން ހުޅުވާލިއިރު އައްޑޫ ސިޓީގެ ފޭދޫ އަދި ހުޅުދޫ އާއި މީދޫ އިން ވެސް ގޯތި ދޫކުރުމަށް ވަނީ ހުޅުވާލައިފައެވެ.
 
		 
		 
		 
		 ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
														
							
								ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް								 ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
														
							
								ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް								 އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
														
							
								އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް								 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
														
							
								އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް								 މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
														
							
								މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް								 ޗެޓް ޖީޕީޓީ ގޯ އިންޑިއާގައި ހިލޭ
														
							
								ޗެޓް ޖީޕީޓީ ގޯ އިންޑިއާގައި ހިލޭ								