ބައެއް ރަށު ކައުންސިލްތަކަށް ސެކްރެޓަރީ ޖެނެރަލް (އެސްޖީ) ހޯދުމަށް ސިވިލް ސާވިސް ކޮމިޝަން އިން އިއުލާންކޮށްފިއެވެ.

އެގޮތުން ސިވިލް ސާވިސް ކޮމިޝަނުން ބުނީ 36 ރަށު ކައުންސިލަކަށް އެސްޖީން ބޭނުންވާ ކަމަށެވެ. އެސްޖީން އައްޔަން ކުރާނީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ. މުސާރައަކީ 9،3000 ރުފިޔާ ކަމަށާއި އެގްޒެކެޓިވް އެލަވެންސްގެ ގޮތުގައި 6،8000 ރުފިޔާ ލިބިގެން ދާނެ ކަމަށެވެ. މީގެއިތުރުން ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ހިދުމަތް ލިބިގެންދާއިރު ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ވެސް ލިބިގެން ދާނެއެވެ.

ރަށު ކައުންސިލްތަކުގެ އިތުރުން ބައެއް އަތޮޅު ކައުންސިލްތަކަށް ވެސް އެސްޖީން ހޯދުމަށް އިއުލާން ކޮށްފައިވެއެވެ. އެއީ ފަސް އަތޮޅު ކައުންސިލަކަށެވެ.

އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތަކީ ކައުންސިލް އިދާރާތަކުގެ އެންމެ އިސް އިދާރީ މުވައްޒަފުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމެވެ.

ޝަރުތުތަކުގެ ތެރޭގައި މެނޭޖްމަންޓާއި އެޑްމިނިސްޓްރޭޝަނާއި ގަވާނަންސް އަދި އާބަން ސްޓަޑީސް އާއި ސޯޝަލް ސައިންސް ނުވަތަ ކޮމިއުނިޓީ ޑިވެލޮޕްމަންޓްގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް ހަތެއްގެ ސަނަދެއް ހާސިލްކޮށްފައި ވާންޖެހެއެވެ.

ސަރުކާރުގައި، ނުވަތަ ޕަބްލިކް ނުވަތަ ޕްރައިވެޓް ސެކްޓަރުގައި، ނުވަތަ ގައުމީ ނުވަތަ ބައިނަލްއަގުވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަދުވެގެން ތިން އަހަރުދުވަހު މަސައްކަތްކޮށް، ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ކަނޑައަޅާފައިވާ މަގާމުގެ މަސައްކަތާގުޅޭ ތަޖުރިބާ ލިބިފައިވާންޖެހެއެވެ.
ސެކްރެޓަރީ ޖެނެރެލް އިން ހޯދާ ކައުންސިލްތައް:
- ކެލާ ކައުންސިލްގެ އިދާރާ

- ވަށަފަރު ކައުންސިލްގެ އިދާރާ

- އުތީމު ކައުންސިލްގެ އިދާރާ

- ހިރިމަރަދޫ ކައުންސިލްގެ އިދާރާ

- ވައިކަރަދޫ ކައުންސިލްގެ އިދާރާ

- ކަނޑިތީމު ކައުންސިލްގެ އިދާރާ

- ފޭދޫ ކައުންސިލްގެ އިދާރާ

- މަރޮށީ ކައުންސިލްގެ އިދާރާ

- ހެނބަދޫ ކައުންސިލްގެ އިދާރާ

- ފޮއްދޫ ކައުންސިލްގެ އިދާރާ

- ވާދޫ ކައުންސިލްގެ އިދާރާ

- ރަސްގެތީމު ކައުންސިލްގެ އިދާރާ

- ހުޅުދުއްފާރު ކައުންސިލްގެ އިދާރާ

- ރަސްމާދޫ ކައުންސިލްގެ އިދާރާ

- އޭދަފުށީ ކައުންސިލްގެ އިދާރާ

- ކިހާދޫ ކައުންސިލްގެ އިދާރާ

- ހުރާ ކައުންސިލްގެ އިދާރާ

- މާޅޮހު ކައުންސިލްގެ އިދާރާ

- ފެންފުށީ ކައުންސިލްގެ އިދާރާ

- ކުނބުރުދޫ ކައުންސިލްގެ އިދާރާ

- ފުލިދޫ ކައުންސިލްގެ އިދާރާ

- ތިނަދޫ ކައުންސިލްގެ އިދާރާ

- ފެލިދޫ ކައުންސިލްގެ އިދާރާ

- ރަކީދޫ ކައުންސިލްގެ އިދާރާ

- ރަތްމަންދޫ ކައުންސިލްގެ އިދާރާ

- މުލަކު ކައުންސިލްގެ އިދާރާ

- ނާލާފުށީ ކައުންސިލްގެ އިދާރާ

- މަޑުއްވަރީ ކައުންސިލްގެ އިދާރާ

- ދަރަނބޫދޫ ކައުންސިލްގެ އިދާރާ

- ރިނބުދޫ ކައުންސިލްގެ އިދާރާ

- މާއެނބޫދޫ ކައުންސިލްގެ އިދާރާ

- ވިލުފުށީ ކައުންސިލްގެ އިދާރާ

- ވަންދޫ ކައުންސިލްގެ އިދާރާ

- ގާދިއްފުށީ ކައުންސިލްގެ އިދާރާ

- ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ

- ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ
ސެކްރެޓަރީ ޖެނެރެލް އިން ހޯދާ އަތޮޅު ކައުންސިލްތައް:
- ށ. އަތޮޅު ކައުންސިލް އިދާރާ

- ނ. އަތޮޅު ކައުންސިލް އިދާރާ

- ކ. އަތޮޅު ކައުންސިލް އިދާރާ

- ވ. އަތޮޅު ކައުންސިލް އިދާރާ

- މ. އަތޮޅު ކައުންސިލް އިދާރާ

ސިވިލް ސާވިސް ކޮމިޝަނުން ބުނީ އެ މަގާމުތަކަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އިމްތިހާނު އަދި ޕްރެޒެންޓޭޝަން ހުށަހެޅުން އޮންނާނީ، އަންނަ މަހުގެ 12ވަނަ ދުވަހުން ފެށިގެން މާޗު މަހުގެ 9ވަނަ ދުވަހާ ދެމެދު ކަމަށެވެ.

އިމްތިހާނު އޮންނާނީ ސިވިލް ސަރވިސް ކޮމިޝަނުން ކަނޑައަޅާ ތަނެއްގައެވެ. އިންޓަރވިއު އަދި ޕްރެޒެންޓޭޝަން ކުރިއަށް ގެންދެވޭނީ "ވީޑިއޯ ކޮންފަރެންސް" މެދުވެރިކޮށެވެ. ވުމާއެކު، އެ މުއްދަތުގައި އިމްތިހާނު އަދި އިންޓަރވިއު އާއި ޕްރެޒެންޓޭޝަން އަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން ތިން ދުވަހާއި 15 ދުވަސް ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް އެ އިދާރާއަށް ހުށަހަޅަންވާނެ ކަމަށް ސީއެސްސީގެ އިއުލާނުގައިވެއެވެ.