އައްޑޫ ސިޓީގެ ތިން ރަށަކުން ގޯތި ދޫ ކުރުމަށް އެ ސިޓީގެ ކައުންސިލުން އިއުލާނުކޮށްފިއެވެ.
އައްޑޫ ސިޓީ އިން އިއުލާނު ކޮށްފައި ވަނީ އެ ސިޓީގެ ފޭދޫ އާއި ހުޅުދޫ އަދި މީދޫ އިން ގޯތި ދޫކުރުމަށެވެ.
އިއުލާނުގައި ބުނެފައިވާ ގޮތުގައި އައްޑޫ ސިޓީގެ ފޭދޫ އިން ދޫކުރުމަށް ނިންމާފައި ވަނީ 300 ގޯއްޗެވެ. އެއީ 1500 އަކަފޫޓުގެ ގޯތި ކަމަށްވެސް ބުނެފައިވެއެވެ. މީދޫ އަދި ހުޅުދޫ އިން ދޫކުރުމަށް ނިންމާފައި އޮތީ ކޮންމެ ރަށަކަށް 100 ގޯއްޗެވެ. އެއީ ޖުމްލަ 2000 އަކަފުޓޫގެ ގޯއްޗެވެ.
މިއިން ކޮންމެ ރަށަކުން ވެސް 90 ޕަސެންޓު ގޯތި ދޫކުރާނީ އެރަށެއްގެ ރައްޔިތުންނަށެވެ. އަނެއް 10 ޕަސެންޓް ދޫކުރާނީ އެހެން ރަށްރަށުގެ މީހުންނަށް ކަމަށް އައްޑޫ ސިޓީ ކައުންސިލްގެ އިއުލާނުގައިވެއެވެ.
އިއުލާނުގައި ބުނެފައި ވަނީ ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ދެވަނަ ދުވަހުން ފެށިގެން އެމަހުގެ 16ވަނަ ދުވަހުގެ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 09:00 އިން 13:00 އަށް ކަމަށެވެ.
އައްޑޫގެ ތިން ރަށަކުން ގޯތި ދޫކުރުމަށް ހުޅުވާލިއިރު އެ ސިޓީގެ އެންމެ އާބާދީ ބޮޑު ރަށް ކަމަށްވާ ހިތަދޫ އިން ވެސް ގޯތި ދޫކުރަން އިއުލާނު ކުރާނެ ކަމަށް އެ ސިޓީގެ މޭޔަރު އަލީ ނިޒާރު ދާދިފަހުން ބައެއް މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވެއެވެ.
 
		 
		 
		 
		 ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
														
							
								ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް								 ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
														
							
								ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް								 އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
														
							
								އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް								 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
														
							
								އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް								 މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
														
							
								މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް								 ޗެޓް ޖީޕީޓީ ގޯ އިންޑިއާގައި ހިލޭ
														
							
								ޗެޓް ޖީޕީޓީ ގޯ އިންޑިއާގައި ހިލޭ								