ރ. އަލިފުށީގެ އެއްފަޅެއްގައި ކަހަލަ ގޮތަކަށް އޮންނަ ފަޅުރަށެއް ކަމަށްވާ އެއްތިންގިލި ރިސޯޓެއް ހެދުމަށްޓަކައި ބީލަމަށް ލައިފިއެވެ.
އެރަށަކީ މީގެކުރިން އަލިފުށީ ކައުންސިލްގެ އިހުތިސޯސްގައި ހިމެނިފައިވާ ރަށެކެވެ. ނަމަވެސް ދާދިފަހުން އެރަށް ވަނީ އެރަށު ކައުންސިލްގެ އިހުތިސޯސުން ނަގައިފައެވެ. އަލިފުށީ ކައުންސިލްގެ އިހުތިސޯސުން އެރަށް ނެގީ މިދިޔަ ޑިސެމްބަރު މަހުގެ 21ވަނަ ދުވަހުއެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ވަނީ ހއ އަތޮޅާއި ހދ، ރ، އަދި ކ. އަތޮޅުގެ ބައެއް ފަޅުރަށްތައް ރިސޯޓު ތަރައްގީ ކުރުމަށް ބީލަމަށް ލައިފައެވެ. އެ އަތޮޅުތަކުގެ އިތުރުން މ އަތޮޅާއި ފ އަތޮޅުގެ އިތުރުން ތ އަތޮޅާއި ގއ އަދި ގދ އަތޮޅުގެ ބައެއް ރަށްތައްވެސް ރިސޯޓު ތަރައްގީ ކުރުމަށް ބީލަމަށް މިއަދު ވަނީ ލައިފައެވެ.
ރ. އަތޮޅުން ރިސޯޓު ތަރައްގީ ކުރުމަށް ބީލަމަށް ލާފައި ވަނީ ހަމައެކަނި އެއްތިންގިއްޔެވެ. އެންމެ ގިނައިން ރަށްތައް ދޫކުރަނީ ގދ. އަތޮޅުންނެވެ. ކ. އަތޮޅުން ދޫކުރުމަށް ނިންމާފައި ވަނީ ކ. ކާށިދޫ ފަޅުގެ ބައެކެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ ހަވަނަ ދުވަހުގެ ހެނދުނު 10:00ގައި އަންނަ މާޗު މަހުގެ ފަސްވަނަ ދުވަހުގެ ހެނދުނު 10:00ގައި ވާޗުއަލްކޮށް ބާއްވާ މައުލޫމާތު ސާފު ކުރުމުގެ ބައްދަލުވުމުގައި ބައިވެރުމަށް އެދޭ ކަމަށެވެ.
މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށްޓަކައި އަންނަ މަހުގެ ފަސްވަނަ ދުވަހާއި އަދި އަންނަ މާޗު މަހުގެ ދެވަނަ ދުވަހުގެ މެންދުރު 12:00ގެ ކުރިން އެ މިނިސްޓްރީގެ އީމެއިލް [email protected] އަށް މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް އެދި ނަމާއި، އީމެއިލް އެޑްރެސް، އަދި ފޯން ނަންބަރު އީމެއިލް ކުރުން އެދޭ ކަމަށްވެސް ޓޫރިޒަމްގެ އިއުލާނުގައިވެއެވެ.
 
		 
										
										 
		 
		 
		 ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
														
							
								ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް								 ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
														
							
								ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް								 އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
														
							
								އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް								 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
														
							
								އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް								 މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
														
							
								މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް								 ޗެޓް ޖީޕީޓީ ގޯ އިންޑިއާގައި ހިލޭ
														
							
								ޗެޓް ޖީޕީޓީ ގޯ އިންޑިއާގައި ހިލޭ								