އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ފުވައްމުލަކު ސިޓީ އާއި ގދ. ތިނަދޫ އަދި ގއ. ވިލިނގިއްޔަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސް އެނބުރި މާލެ ވަޑައިގެންފިއެވެ.
ރައީސް ފުވައްމުލަކަށް ވަޑައިގެންނެވީ އިއްޔެއެވެ. އެއަށްފަހު ތިނަދު އާއި ވިލިނގިއްޔަށް ވަޑައިގެންނެވީ މިއަދުއެވެ.
ދެ ދުވަހުގެ ދަތުރުފުޅުގައި ރައީސްގެ ކެމްޕެއިން ފޯރި އެންމެ ގަދަވީ ވިލިނގިލީގައެވެ. އެ ރަށުން އެމަނިކުފާނަށް މަރުހަބާ ވިދާޅުވުމަށް ގިނަ އަދަދެއްގެ ބަޔަކު ނުކުތެވެ. ރައީސަށް މަރުހަބާ ވިދާޅުވުމަށް ކިއު ހަދައިގެން ތިބި މީހުންނާ ސަލާމް ކުރުމަށް ރައީސް 20 މިނެޓް ހޭދަކުރަންޖެހުނެވެ.
ދެކުނަށް ކުރެއްވި ދަތުރުފުޅަށްފަހު މާދަމާ ހެނދުނު ރައީސް ކ. އަތޮޅަށް ފުރައިވަޑައިގަންނަވާނެއެވެ. އެއަށްފަހު އއ އަތޮޅާއި އޭގެ އަނެއް ދުވަހު އދ އަތޮޅަށް ވެސް ވަޑައިގަންނަވާނެއެވެ.
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ކޮންމެ ބޭފުޅަކު ނުކުތަސް، އަޅުގަނޑު ހުންނާނީ ފައްޔާޒާ އެކު: ނަޝީދު
ގައުމުތަކާއެކު ރަހުމަތްތެރިކަމުގެ ފާލަމެއް ނޭޅުނު
15 ދުވަސް ޖަހަން އެދިފައިވަނިކޮށް، މައިމޫން ކޯޓުން ދޫކޮށްލައިފި
ސްޓެލްކޯއިން ޕީއެންސީއަށް މީހުން ވައްދާކަން ފަޅާއަރައިފި
އެމްޑީޕީން ހުށަހެޅި ހިރިމަރަދޫ މައްސަލަ އެޗްއާރްސީއެމް އިން ބަލަނީ