ސްވިޑެންގައި ކީރިތި ގުރުއާނަށް އިހާނެތިކޮށް ހިތާ އެ ފޮތް އަންދާލާ ހިންގި އަމަލު ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.
އެކަން ކުށްވެރިކޮށް ފޮރިން މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އިސްލާމްދީނަށް ފުރައްސާރަކޮށް ހިންގާ އެފަދަ އަމަލުތަކުގެ ސަބަބުން އިޖްތިމާޢި އެއްބައިވަންތަކަން ދަމަހައްޓަން ކުރާ މަސައްކަތްތަކަށް ބުރޫ އަރާ ކަމަށެވެ.
ދިވެހި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ އިޖުތިމާއީ އެއްބައިވަންތަކަށް ދެމެހެއްޓުމަށް ކަމަށްވެސް ބުންޏެވެ. އެފަދަ އަމަލުތަކުގެ ސަބަބުން ހަރުކަށި ފިކުރު އިތުރުވާ ކަމަށާއި މުޖުތަމައުގައި ނަފްރަތު އުފެދުމަށް މަގުފަހިވާ ކަމަށްވެސް ބަޔާނުގައިވެއެވެ.
މި އަމަލު ސްވިޑެންގައި ހިންގާފައި ވަނީ އެގައުމު ނޭޓޯގެ މެންބަރު ގައުމަކަށް ހެދުމަށް ކުރާ މަސައްކަތަށް ތުރުކީ އިން ހުރަސް އަޅާތީ ކަމަށް ބުނެއެވެ.
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ކޮންމެ ބޭފުޅަކު ނުކުތަސް، އަޅުގަނޑު ހުންނާނީ ފައްޔާޒާ އެކު: ނަޝީދު
ގައުމުތަކާއެކު ރަހުމަތްތެރިކަމުގެ ފާލަމެއް ނޭޅުނު
15 ދުވަސް ޖަހަން އެދިފައިވަނިކޮށް، މައިމޫން ކޯޓުން ދޫކޮށްލައިފި
ސްޓެލްކޯއިން ޕީއެންސީއަށް މީހުން ވައްދާކަން ފަޅާއަރައިފި
އެމްޑީޕީން ހުށަހެޅި ހިރިމަރަދޫ މައްސަލަ އެޗްއާރްސީއެމް އިން ބަލަނީ