މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ހައްލު ހޯދައި ދިނުމަށް ސަރުކާރުން ކުރިޔަށް ގެންދާ މަސައްކަތުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓުތަކަށް ކުރިމަތިލުމަށް ހުޅުވާލި ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް އިތުރު މައުލޫމާތު ހޯދުމަށް ހައުސިން މިނިސްޓްރީން ނުގުޅާނެ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން އެފަދައިން ބުނެފައި ވަނީ ގެދޮރުވެރިޔާ ސްކީމް އަށް ފޯމު ލާފައިވާ ފަރާތްތަކުގެ އިތުރު މައުލޫމާތުތައް ސާފު ކުރުމަށް ކަމަށް ބުނެ ސްކޭމް ކޯލުތަކެއް ކުރަމުން އަންނާތީ އެކަމަށް ސަމާލުކަން ދިނުމަށް އެދި ކޮށްފައިވާ އިއުލާނެއްގައެވެ.
އެ އިއުލާނުގައި ބުނެފައި ވަނީ އެ މިނިސްޓްރީން ކުރިޔަށް ގެންދާ ގެދޮރުވެރިން ޕްރޮގްރާމްގެ ދަށުން "ގެދޮރުވެރިޔާ/ބިންވެރިޔާ ސްކީމް" އާ ގުޅޭގޮތުން ބައެއް ފަރާތްތަކާއި ގުޅައި، ފޯމާއިއެކު މަދުވާ ކަމަށް ބުނާ ޑޮކިއުމަންޓްތަކެއް ހުށަހެޅުމަށް 9349119 މޯބައިލް ނަންބަރުން ގުޅަމުންދާކަމުގެ މައުލޫމާތުތައް ލިވިފައިވާ ކަމަށެވެ.
އެ އިއުލާނުގައި ބުނެފައި ވަނީ އެ ނަންބަރާއި ގުޅުމުން، އެ މިނިސްޓްރީގެ ރިސެޕްޝަންގެ ނަންބަރަށް ކޯލް ޑައިވާޓް ކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
"ގެދޮރުވެރިޔާ/ބިންވެރިޔާ ސްކީމް" އަށް ފޯމު ހުށަހެޅުމުގެ ސުންގަޑި 15 އޮކްޓޯބަރ 2022 ވާ ހޮނިހިރު ދުވަހުގެ ރޭ 23:59 ގެ ފަހުން، މިހާތަނަށް އެއްވެސް ރައްޔިތެއްގެ މައުލޫމާތު ހޯދުމަށް ނުވަތަ ޑޮކިއުމަންޓެއް ހުށަހެޅުމަށް އެއްވެސް މުއާމަލާތެއް އެ މިނިސްޓްރީން ކުރިއަށް ގެންގޮސްފައި ނުވާނެ ކަމަށް އެ މިނިސްޓްރީން މައުލޫމާތުދެއެވެ.
އެހެންކަމުން އެކަން ރައްޔިތުންގެ ސަމާލުކަމަށްޓަކައި އަންގާ ކަމަށްވެސް ހައުސިން މިނިސްޓްރީން ބުނެއެވެ. އެ މިނިސްޓްރީން ބުނީ ކުރިއަށް އޮތް ތަނުގައިވެސް ފޯނުން ގުޅައިގެން އެއްވެސް މުއާމަލާތެއް އެއްވެސް ފަރާތަކާއިއެކު އެ މިނިސްޓްރީން ކުރިއަށް ނުގެންދާނެ ކަމަށެވެ.
މީގެކުރިން ވެސް ސަރުކާރުތަކުން ކުރިޔަށް ގެންގޮސްފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި ގުޅިގެން ސްކޭމް ކޯލުތައް ކޮށްފައި އެބަހުއްޓެވެ. އެހެންކަމުން މިފަދަ ކޯލުތަކަށް ސަމާލުވުމަށް މުއައްސަސާތަކުން ވަނީ ނަސޭހަތްތެރިވެފައެވެ.
 
		 
		 
		 
		 ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި
														
							
								ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި								 ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
														
							
								ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް								 ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
														
							
								ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް								 އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
														
							
								އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް								 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
														
							
								އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް								 މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
														
							
								މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް								