އެމްޑީޕީ ރިޔާސީ ޕްރައިމަރީ ކެންޕެއިނަށް ގއ. ވިލިނގިއްޔަށް ވަޑައިގެންނެވުން، އެ ރަށުން އެމަނިކުފާނަށް އޮތް ތާއިދު ދައްކާލައިފިއެވެ.
ދެކުނުގެ ތިން އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ އެންމެ ފަހު މަންޒިލަކީ ވިލިނގިއްޔެވެ. މިއަދު ހަވީރު ވިލިނގިއްޔަށް ވަޑައިގެންނެވުމުން، މަރުހަބާ ވިދާޅުވީ މި ދާއިރާގެ މެންބަރު ސައުދު ހުސައިންނާއި އެ ދާއިރާގެ އެމްޑީޕީ އިސް ބޭފުޅުންނެވެ.
އެމަނިކުފާނަށް މަރުހަބާ ވިދާޅުވުމަށް ވިލިނގިލީ ބަނދަރު ސަރަހައްދަށް ގިނަ ބަޔަކު ޖަމާވިއެވެ. އަދި އެމަނިކުފާނަށް މަރުހަބާ ކިޔަން، ކިއު ހަދައިގެން ތިބި މީހުންނާ ސަލާމް ކުރަން ވެސް ގިނަ ވަގުތުތަކެއް ހޭދަވިއެވެ.
ވިލިނގިއްޔަކީ މީގެ ކުރިން ޑީއާރްޕީ އަދި ޕީޕީއެމްގެ ސަލޯޓަރުންގެ ތާއިދު ބޮޑު ރަށެކެވެ. ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުން ފެށިގެން، އެ ރަށުގައި އަންނަނީ އެމްޑީޕީ ވަރުގަދަވަމުންނެވެ.
ފުވައްމުލަކު ސިޓީ އާއި ގދ. ތިނަދޫގެ އިތުރުން ގއ. ވިލިނގިއްޔަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް އެނބުރި މާލެ ވަޑައިގަންނަވާނީ މިރެއެވެ.
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ކޮންމެ ބޭފުޅަކު ނުކުތަސް، އަޅުގަނޑު ހުންނާނީ ފައްޔާޒާ އެކު: ނަޝީދު
ގައުމުތަކާއެކު ރަހުމަތްތެރިކަމުގެ ފާލަމެއް ނޭޅުނު
15 ދުވަސް ޖަހަން އެދިފައިވަނިކޮށް، މައިމޫން ކޯޓުން ދޫކޮށްލައިފި
ސްޓެލްކޯއިން ޕީއެންސީއަށް މީހުން ވައްދާކަން ފަޅާއަރައިފި
އެމްޑީޕީން ހުށަހެޅި ހިރިމަރަދޫ މައްސަލަ އެޗްއާރްސީއެމް އިން ބަލަނީ