އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ގދ. ތިނަދޫއަށް ވަޑައިގެންފިއެވެ.
ރައީސް ތިނަދުއަށް ވަޑައިގެންނެވުމުން، އެމަނިކުފާނަށް މަރުހަބާ ވިދާޅުވީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު މުޣުނީ އާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު ސަނީފުގެ އިތުރުން ތިނަދޫއަށް ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީއަށް އިސް ބައެއް ބޭފުޅުންނެވެ.
ރައީސަށް މަރުހަބާ ދެންނެވުމަށް ބަނދަރަށް ޖަމާވެފައިވާ ކިއު ވަރަށް ދިގެވެ. ރީނދޫ ހެދުމާއި ދިދަތައް ވިހުރަމުގައި އެމްޑީޕީގެ ގިނަ މެންބަރުން ހަރަކާތްތެރިވިއެވެ.
މެމްބަރުން އަޑުއުފުލަމުންދިޔައީ ކެންޑިޑޭޓް "ނަންބަރު 2"، އަދި "ރައީސް އިބޫ ކުރިއަށް" އެވެ. އަދި ބުނަމުން ގެންދިޔައީ މިފަހަރު ވެސް ރައީސް ދޫނުކުރައްވާނެކަމަށެވެ. އަދި ދެ ވަނަ ދައުރަކަށް ރައީސް އިންތިހާބު ކުރައްވާނެ ކަމަށެވެ.
ތިނަދޫއަށް ކުރައްވާ ދަތުރުފުޅުގައި ތިނަދޫ ދެ ދާއިރާގެ މެންބަރުންނާ ވަކިވަކިން ރައީސް ބައްދަލު ކުރައްވާނެއެވެ.
ރައީސް ތިނަދޫއަށް ވަޑައިގެންނެވި ވަގުތު ޕީޕީއެމްގެ ސަޕޯޓަރުންތަކެއް ބަނދަރު ސަރަހައްދަށް ޖަމާވެ، މަނީލޯންޑަރ ކުރުމުގެ ކުށް ސާބިތުވެ ޖަލަށްލާފައިވާ ޕީޕީއެމްގެ ރައީސް، ކުރީގެ ރައީސް ޔާމީން މިނިވަންކުރަން ގޮވާލައި އަޑުއުފުލަމުންދިޔައެވެ.
ތިނަދޫއަށްފަހު މިއަދު ހަވީރު ރައީސް ސާލިހު ގއ. ވިލިނގިއްޔަށް ވަޑައިގަންނަވާނެއެވެ. ވިލިނގިލީގައި މިރޭ ޖަލްސާ ބޭއްވުމަށް ނިންމާފައިވެއެވެ.
މާލެ ސަރުކާރުން އަންގައިގެން އައްޑޫގައި ސިފައިން ދިދަ ނުނެގި
ސަވާހިލި، އައްޑޫ އިހްތިސާސްއިން ވަކިކުރުމަކީ ތަރައްޤީއަށް ހުރަސްއެޅުން
ވަކިކުރި މުވައްޒަފުންގެ ހައްގުގައި ކުރެންދޫގައި ސިލްސިލާ މުޒާހަރާ
އެލްޖީއޭ ބޯޑު ބައްދަލުވުންތައް ލައިވްކުރަން އެމްޑީޕީން ހުށަހަޅައިފި
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް ކަމަށް އަމްޖަދު އައްޔަންކޮށްފި
ސަރުކާރުން އުޅެނީ 14،000 ވުރެ ގިނަ މުވައްޒަފުން ވަކިކުރަން: ފައްޔާޒު