މި އަހަރުގެ ފުރަތަމަ 18 ދުވަހު ރާއްޖެ އަށް 97،873 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު 22.8 ޕަސެންޓުގެ އިތުރުވުމެއް ކަމަށް އެ މިނިސްޓްރީން ބުނެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އަށް ޒިޔާރަތް ކޮށްފައި ވަނީ 71،798 ފަތުރުވެރިންނެވެ. އަދި އޭގެ ކުރީ އަހަރު ރާއްޖެ އައިސްފައި ވަނީ 52،943 ފަތުރުވެރިންނެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ މިއަހަރުގެ ފުރަތަމަ 18 ދުވަހު ރާއްޖެ އައި ފަތުރުވެރިން އެވްރެޖު ގޮތެއްގައި 8 ދުވަހު ރާއްޖޭގައި މަޑު ކުރާ ކަމަށެވެ. އެވްރެޖު ގޮތެއްގައި ދުވާލަކު 5،437 ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތް ކުރެއެވެ.
މި އަހަރު ރާއްޖެ އައިސްފައިވާ ފަތުރުވެރިންގެ ބޮޑު ޕަސެންޓެއް ހިއްސާ ކުރަނީ ރަޝިޔާ އިންނެވެ. އެއީ 15.5 ޕަސެންޓެވެ. އެގޮތުން އަހަރުގެ މިހާތަނަށް 15،218 ރަޝިޔާ ފަތުރުވެރިން ރާއްޖެ ވަނީ ޒިޔާރަތް ކޮށްފައެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް މިއަހަރު އިތުރަށް ރަނގަޅުވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ އަންދާޒާ ކޮށްފައެވެ. އެއީ ގާތްގަނޑަކަށް ތިން އަހަރުގެ މެދުކެނޑުމަކަށްފަހު ރާއްޖޭގެ އެއްވަނަ މާކެޓުގެ ގޮތުގައި މީގެކުރިން ބެލެވިފައިވާ ޗައިނާ އިން ފަތުރުވެރިން އަންނަން ފެށުމުންނެވެ.
މާލެ ސަރުކާރުން އަންގައިގެން އައްޑޫގައި ސިފައިން ދިދަ ނުނެގި
ސަވާހިލި، އައްޑޫ އިހްތިސާސްއިން ވަކިކުރުމަކީ ތަރައްޤީއަށް ހުރަސްއެޅުން
ވަކިކުރި މުވައްޒަފުންގެ ހައްގުގައި ކުރެންދޫގައި ސިލްސިލާ މުޒާހަރާ
އެލްޖީއޭ ބޯޑު ބައްދަލުވުންތައް ލައިވްކުރަން އެމްޑީޕީން ހުށަހަޅައިފި
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް ކަމަށް އަމްޖަދު އައްޔަންކޮށްފި
ސަރުކާރުން އުޅެނީ 14،000 ވުރެ ގިނަ މުވައްޒަފުން ވަކިކުރަން: ފައްޔާޒު