"އެ ފްލެޓުތައް ތަފާތުވާނެ. ތަފާތުވާނެ ހަމަ އިނގޭތޯ. ގޮސް ބައްލަވާލައްވާ،" މި ސަރުކާރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުން އަންނަ ފްލެޓުތަކާއި ގުޅޭ ގޮތުން ރޭ އާޓްފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ މިހެންނެވެ. އެމަނިކުފާނު އިއްޔެ ވަނީ ފްލެޓުތައް އިމާރާތް ކުރާ ސަރަހައްދަށް ވަޑައިގެން މަސައްކަތްތައް ކުރިޔަށްދާ ގޮތް ބައްލަވާލައްވާފައެވެ.
މިއަދު ފަހި ދިރިއުޅުން ކޯޕަރޭޝަން އިން ވަނީ މިހާރު މަސައްކަތް އެއްކޮށްހެން ނިމިފައިވާ ތިން ކޮޓަރީގެ ފްލެޓުތަކުގެ ތެރެއިން ދެ އެޕާޓުމަންޓެއް މީޑިއާ އަށް ދައްކާލައިފައެވެ. ފްލެޓަށް ވަންނަ މައި ދޮރާށިން ވަދެގެން ދިޔައިރު ވެސް އިހުސާސް ކުރެވުނު އެއް ކަމެއަކީ މި ފްލެޓުތައް ރައީސް ވިދާޅުވި ފަދައިން ތަފާތުވާނެ ކަމެވެ.
[caption id="attachment_46580" align="alignnone" width="2560"] މި ސަރުކާރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުން އަންނަ ފްލެޓުތަކުގެ ތެރެއިން ނިމިފައިވާ ފްލެޓެއް: ފޮޓޯ / ރައީސް އޮފީސް[/caption]
އެޕާޓުމަންޓު ބަލާލުމުގެ ކުރިން ފަހި ދިރިއުޅުން ކޯޕަރޭޝަންގެ އިސް ބޭފުޅަކު ވަނީ ހުރިހާ ފްލެޓުތަކާއި ގުޅޭ މައުލޫމާތު މީޑިއާ އަށް ހިއްސާ ކުރައްވާފައެވެ.
ފްލެޓުގެ އެޕާޓުމަންޓަށް ވަދެގެން ދިޔައިރު ހީވީ ލަގްޒަރީ އެޕާޓުމަންޓަކަށް ވަދެވުނުހެނެވެ. އެހާވެސް ފުރިހަމައެވެ. އެ ފްލެޓުތައް ދައްކާލުމަށްޓަކައި އެތަނުގައި ހުރިހާ އެއްޗެއް ވެސް ހުރީ ރާވާފައެވެ.
[caption id="attachment_46530" align="alignnone" width="1280"] މި ސަރުކާރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުން އަންނަ ފްލެޓުތަކުގެ ތެރެއިން ނިމިފައިވާ ފްލެޓެއްގެ ކޮޓަރިއެއް: ފޮޓޯ / ރައީސް އޮފީސް[/caption]
ތިން ކޮޓަރީގެ އެ އެޕާޓުމަންޓުގައި އުނި އެއްވެސް ކަމެއް ފެންނާކަށް ނެތެވެ. އެހާމެ ރީއްޗެވެ. ތަނަވަހެވެ. ކޮޓަރިތައް ވެސް އެހާމެ ބޮޑެއްޗެވެ. ބަދިގެ ހުރީ މުޅިން ވަކިންނެވެ. ކާ މޭޒާއި ގޮނޑުތައް އަތުރާލާފައި ހުރި ސިޓިން ރޫމުގައި ސޯފާ ސެޓު ބަހައްޓާފައި ހުއްޓެވެ. އެ ހުރިހާ އެއްޗެއް އެތަނުގައި ބަހައްޓާފައި ހުރިއިރު ވެސް ސިޓިން ރޫމުގައި ހުސް ޖާގަތައް ހުއްޓެވެ. އާއްމުކޮށް މާލެ ސަރަހައްދުގައި 25،000 ރުފިޔާ އާއި 30،000 އާއި ދެމެދުގެ އަގަކަށް ކުއްޔަށް ދޭ އެޕާޓުމަންޓުތައް ފަދައެވެ.
[caption id="attachment_46582" align="alignnone" width="2560"] މި ސަރުކާރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުން އަންނަ ފްލެޓުތަކުގެ ތެރެއިން ނިމިފައިވާ ފްލެޓެއް: ފޮޓޯ / ރައީސް އޮފީސް[/caption]
އެޕާޓުމަންޓުގެ ބެލްކަނީ ހުރި ސިޓިން ރޫމާ ގުޅިފައެވެ. ކަހާލާ ދޮރަކުން ބެލްކަނި ހުޅުވާލާއިރު ކުރި މައްޗަށް ފެންނަނީ ފޭސް ދޭއްގެ ބީޗެވެ. ކަނޑުން ޖެހިގެން އަންނަ ރީތި ވައިރޯޅިތައް ބެލްކަނީގައި ހުންނައިރު ޖެހެއެވެ. ބެލްކަނީގެ ދޮރު އެއްކޮށް ހުޅުވާލައިފި ނަމަ މުޅި ސިޓިން ރޫމް ތެރެއަށް ވައިގެ ފިނިކަން އިހުސާސް ކުރެވެއެވެ.
ފްލެޓުތަކާއި ގުޅޭ އިތުރު މައުލޫމާތު ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ޓެކްނިކަލް ޓީމުން މީޑިއާ އަށް ދިނެވެ. ޓެކްނިކަލް ޓީމުން ބުނީ ހުރިހާ ފްލެޓުތަކެއް ވެސް އިމާރާތް ކުރަމުން ދަނީ މުޅިން ކޮންކްރީޓުން ކަމަށެވެ. އެހެންކަމުން ފްލެޓުތަކުގެ އުމުރު ދިގުވާނެ ކަމަށް ބުންޏެވެ. އަދި ފާރުތަކުގައި ރެނދު އެޅުން ފަދަ ކަންކަން ކުޑަވާނެ ކަމަށްވެސް ބުންޏެވެ.
[caption id="attachment_46586" align="alignnone" width="2560"] މި ސަރުކާރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުން އަންނަ ފްލެޓުތަކުގެ ތެރެއިން ނިމިފައިވާ ފްލެޓެއް: ފޮޓޯ / ރައީސް އޮފީސް[/caption]
ފަހި ދިރިއުޅުން ކޯޕަރޭޝަން އިން އަމާޒު ހިފާފައި ހުރީ މިއަހަރުގެ ޖުލައި އަދި އޮގަސްޓު މަހުގެ ތެރޭގައި ޖުމްލަ 13 ޓަވަރުގެ މަސައްކަތް ނިންމާ އެ ހުރިހާ ޓަވަރަކަށް ވެސް މީހުންނަށް ވަދެވޭވަރު ކޮށްދިނުމެވެ.
މި ފްލެޓުތަކުގެ ތެރޭގައި 650 އަކަފޫޓުގެ ދެ ކޮޓަރީގެ 500 އެޕާޓްމަންޓާއި 900 އަކަފޫޓުގެ ތިން ކޮޓަރީގެ 1500 އެޕާޓްމަންޓު އިމާރާތް ކުރެވިގެން ދާނެއެވެ.
 
		 
										
										 
		 
		 
		 ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި
														
							
								ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި								 ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
														
							
								ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް								 ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
														
							
								ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް								 އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
														
							
								އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް								 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
														
							
								އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް								 މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
														
							
								މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް								