އެމްޑީޕީ ރިޔާސީ ޕްރައިމަރީ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ފުވައްމުލައް ސިޓީއަށް ފުރައިވަޑައިގެންފިއެވެ.
ރައީސް ސޯލިހު ޕްރައިމަރީގެ ކެމްޕެއިނަށް ފުވައްމުލަކަށް ވަޑައިގެންނެވިއިރު މާދަމާ އެމަނިކުފާނު ހުވަދު އަތޮޅަށް ވެސް ވަޑައިގަންނަވާ ގޮތަށް، ވަނީ ހަމަޖެހިފައެވެ.
ކެމްޕެއިނަށް ރައީސް ސޯލިހު ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވަޑައިގަތުމަށް މިއަދު ފުރާވަޑައިގެންނެވިއިރު ރޭ މާލޭގެ އާޓްފިޝަލް ބީޗުގައި އެމަނިކުފާނު ވަނީ ބޮޑު ޖަލްސާއެއް ބާއްވައިފައެވެ.
އެ ޖަލްސާގައި ރައީސް ވަނީ މި ސަރުކާރުން މިހާތަނަށް ކޮށް ނިންމާފައިވާ މަސައްކަތްތަކުގެ ތަފްސީލު ހިއްސާ ކުރައްވާފައެވެ. އަދި ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީގައި ރައްޔިތުން ނިންމާނީ ދައުލަތުގެ ބަޖެޓުން ތަރައްގީގެ މަޝްރޫއުތަކަށް ހަރަދު ކުރާނީތޯ ނޫނީ ދައުލަތުގެ ބަޖެޓުން ހަރަދު ކުރާނީ ޕެޕާ ސްޕްރޭ އާއި ކަރަންޓު މުގުރާއި އަސޭމިރުސް އާވި ގަންނަންތޯ ރައީސް ވިދާޅުވިއެވެ.
“މިއީ އެމްޑީޕީ ދެވަނަ ދައުރަކަށް ދިއުމަށް ލިބޭ ފުރަތަމަ ފުރުސަތު. ތިޔަ ބޭފުޅުން މި ފުރުސަތުގެ ބޭނުން ހިފާ. އަޅުގަނޑު މިހުރީ ތައްޔާރަށް. ތަފާތު ބޮޑު ތާއީދާއެކު އިރާދަކުރެއްވިއްޔާ އަޅުގަނޑު ކާމިޔާބު ކުރާނަން. އޭގައި އެއްވެސް ޝައްކެއް ނެތް. މިތަނުން މިއޮތީ އެކަން ނިންމާފައި،" ރައީސް ވިދާޅުވިއެވެ.
މިދިޔަ ހަފްތާގައި ރައީސް ވަނީ ބޮޑުތިލަދުން މައްޗަށާއި ށ. އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގެންފައެވެ.
ކުރީގެ މޭޔަރު އާދަމް މަނިކުގެ ތާއީދު ޖަލީލަށް
ހަނގުރާމައިގެ ސަބަބުން 85 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެދާނެ
ރާއްޖެ އަށް އެތެރެކުރަން އުޅުނު 11 ކިލޯގެ ޑުރަގު އަތުލައިގެންފި
އެފޯޑަބަލް ހައުސިންގެ 1،224 ފްލެޓުގެ މަސައްކަތް ފަށައިފި
ގިރާވަރުފަޅު ބިން އޭޕްރީލް މަހު ހިއްކާ ނިންމާލެވޭނެ: ރައީސް
މަހުޖަނުގެ ލޯންޗު އެކްސިޑެންޓުގައި އެކަކުގެ އަތް ބުރިވި: ފުލުހުން