މި މަހު އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ބައިވެރިވެވަޑައިގަންނަވާ ކެމްޕެއިން ޖަލްސާއެއް މިރޭ މާލޭގައި ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.
ރައީސް ސޯލިހުގެ ކެމްޕެއިން ޓީމުން ބުނީ އެ ޖަލްސާ އޮންނާނީ މިރޭ ހެންވޭރު އާޓްފިޝަލް ބީޗު ސަރަހައްދުގައި ކަމަށެވެ. ޖަލްސާ ފެށޭނީ މިރޭ 20:30ގައި ކަމަށް ވެސް އެ ޓީމުން މައުލޫމާތުދެއެވެ. މި ޖަލްސާގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގަންނަވާއިރު މިއީ މާލޭގައި މިފަދައިން ބާއްވާ ކެމްޕެއިންގެ ފުރަތަމަ ޖަލްސާއެވެ.
އެހެންނަމަވެސް މީގެކުރިން ވެސް އެމްޑީޕީގެ މައި ހަރުގޭގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގެންނެވި ޖަލްސާއެއް އޮތެވެ. އަދި މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކަށް ވަޑައިގެން ކެމްޕެއިން ޓީމުތަކާއި ބައްދަލުކުރެއްވިއިރު ވެސް އެމަނިކުފާނު ވާހަކަފުޅުދައްކަވާފައިވެއެވެ.
https://twitter.com/MDPKuriah/status/1616295214087573505?s=20&t=go1sTG7hFe7TiowsA30nag
މިރޭ މާލޭގައި ރައީސް ސޯލިހުގެ ޖަލްސާއެއް ބާއްވާއިރު ރޭ އެމަނިކުފާނު ވަނީ ލ. އަތޮޅަށް ވަޑައިގެންފައެވެ. ލ. އަތޮޅަށް އެމަނިކުފާނު ވަޑައިގަތީ ބޮޑު ތިލަދުންމައްޗާއި ށ. އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގަތުމަށްފަހުއެވެ.
ރައީސް ސޯލިހާއެކު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ދެން ވާދަ ކުރައްވަނީ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ. އެމްޑީޕީގެ ޕްރައިމަރީ އޮންނާނީ މިމަހު 28ވަނަ ދުވަހުއެވެ.
މާލެ ސަރަހައްދުން 35،132 މަސް ކޭސް ދޫކޮށްފި
ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާވެސް އެ މަގާމުން އިސްތިއުފާ ދެއްވައިފި
ހިޔާގެ 31 އެޕާޓުމަންޓެއްގެ 148 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދިން
މުއައްސަސާތައް ފެއިލް ވަނީ ދެފުށް ފެންނަ ގޮތް ކުޑަވުމުގެ ސަބަބުން
ފައިސާ ޗާޕުކުރީ ބިލުތަކަށް ފައިސާ ދައްކާނެ އެހެން ގޮތެއް ނެތިގެން
ރައީސް މުއިއްޒު ޖަރުމަނަށް ވަޑައިގަންނަވަނީ