އއ. ތޮއްޑޫގެ ކައުންސިލާއެކު އޯޕަން އެކްސްސް ވިއުގަ ފަދަ ސްމާޓް އިންފްރާސްޓްރަކްޗަރ އަދި ސްމާޓް ސޮލިއުޝަންތައް ތައާރަފު ކުރުމާގުޅޭ އެއްބަސްވުމެއްގައި ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ސޮއިކޮށްފިއެވެ.
އެޗްޑީސީ އިން މިއަދު ބުނީ ކުދި ޖަޒީރާ ރަށްތަކެއްހެން ދިވެހިރާއްޖެ އޮތް ކަމުގައި ވިޔަސް، ސްމާޓް ސިޓީ ސޮލިއުޝަންތަކަކީ ހަމަ އެކަނި އާބާދީ ބޮޑު ސިޓީތަކަށް ހާއްސަ އެއްޗެއް ނޫން ކަމަށެވެ. އަދި ކުދި ރަށްތަކުގައިވެސް ޓެކްނޮލޮޖީގެ ޒަރީއާއިން ތަފާތު ސްމާޓް ހިދުމަތްތައް ތައާރަފުކޮށް ރަށްފުށުގެ ރައްޔިތުންގެ ދިރިއުޅުންވެސް އުޖާލާ ކުރެވިދާނެ ކަމަށް އެޗްޑީސީ އިން ބުނެއެވެ.
ތޮއްޑޫ ކައުންސިލާއެކު ސޮއިކުރެވުނު އެ އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދާނެ ކަންކަމުގެ ތެރޭގައި، އޯޕަން އެކްސެސް ނެޓުވޯކެއް ގާއިމުކޮށް އެ ވިއުގަ މެދުވެރިކޮށް ސްމާޓް ފާމިން، ސްމާޓް ސަވައިލެންސް، ސްމާޓް ޕޯލް ފަދަ ސޮލިއުށަންތައް ތޮއްޑޫގައި ތައާރަފު ކުރުން ހިމެނެއެވެ.
ޒަމާނީ ޓެކްނޮލޮޖީއާއެކު ތައާރަފުވި ތަފާތު ސްމާޓް ސިޓީ ސޮލިއުޝަން ތަކާއެކު ހުޅުމާލެވެސް ސްމާޓް ސިޓީއަކަށް ހެދުމަށް އެޗްޑީސީން މަސަކަތް ފަށާ ހަލުވިކަމާއެކު ކުރިޔަށްދާތާ މިހާރު އަހަރަކަށްވުރެން ގިނަދުވަސް ވަނީ ވެފައެވެ. ކާމިޔާބު ކަމާ އެކު ސްމާޓް ސިޓީ އިންފްރާސްޓްރަކްޗާއެއްގެ މައިގަނޑު އަސާސް ކަމަށްވާ އޯޕަން އެކްސެސް ނެޓްވޯކެއް ގާއިމުކޮށް ސްމާޓް ސިޓީއެއްގެ ވަރުގަދަ ބިންގަލެއް މިހާރު ހުޅުމާލޭގައި އަޅާފައިވާ ކަމަށް އެޗްޑީސީ އިން ބުނެއެވެ.
އަދި އެ މަސައްކަތަށް ހާއްސަ ސްމާޓްކޮމް ކިޔާ ބްރޭންޑެއް އުފައްދާ، ސްމާޓް ޕޯލް، ސްމާޓް ބެންޗް ، ޕަބްލިކް ވައިފައި ފަދަ އެތައް ސްމާޓް ސޮލިއުޝަންތަކެއް ދަނީ ތައާރަފު ކުރެވެމުންނެވެ.
އެކަންކަމުގައި އެޗްޑީސީގެ ތަސައްވުރަކީ ހުޅުމާލެއަކީ ދިވެހިރާއްޖޭގެ އެއްމެ ފުރަތަމަ ސްމާޓް ސިޓީއަކަށް ހެދުމުގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ސްމާޓް ސޮލިއުޝަންތައް ތައާރަފުކޮށް ޓެކްނޮލޮޖީގެ އެންމެ ކުރީ ސަފުގައި އެންމެންވެސް ބައިވެރި ކުރުން ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. އަދި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކަށް ސްމާޓް ސޮލިއުޝަންތައް ތައާރަފުކޮށް ދިވެހިންގެ ދިރިއުޅުން ލުއިފަސޭހަ ކޮށްދިނުމަކީ ވެސް އެކޯޕަރޭޝަންގެ ބޭނުމެކެވެ.
 
		 
										
										 
		 
		 
		 ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި
														
							
								ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި								 ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
														
							
								ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް								 ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
														
							
								ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް								 އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
														
							
								އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް								 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
														
							
								އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް								 މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
														
							
								މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް								